ތެޅުން ތެޅުން ހެން ފައިބާނި ހުޅުނބެވެ
މުސްކުޅިވެރިން ބުނަނީ ތެދެކެވެ. ތެޅުން ތެޅުން ހެން ފައިބާނީ ހުޅުނބެވެ. ހުޅުނބު ފޭބީމާ ވާގޮތް އިނގޭދޯއެވެ. ހުޅުނބު ހުންނާނީ އާންމުކޮށް މަހުގައެވެ، މަސް ބާނާފައި އޮޑިއަށްލީމަ އެމަސް ވަރަށް ބާރަށް ތެޅެން ފަށައެވެ. އެއީ މަހަކީ މޫދުގަ ނުވަތަ ކޯރުތަކުގައުޅޭ އެއްޗަކަށްވާތީ އެމަސް އުޅޭ މާހައުލު ނޫން އެހެން މާހައުލަކަށް އެ ހިފާގެނައިމަ ވަރަށް ބާރަށް ތެޅެން ފަށާނެއެވެ. ދެންމިވާ ގޮތަކީ އޭގަ ހުންނަ ހުޅުނބޭ މިކިޔާ އެއްޗެއް ފައިބަން ފަށާނެ. ބާރަށް ތެޅުނު ވަރަކަށް ގިނައިން ފައިބާނެއެވެ.. އެފޭބި ވަރަކަށް މަހުގެ ހާލު ދެރަވާނެ. ގިނައިން ފައިބަންޔާ އެމަސް އަވަހަށް މަރުވާނެ.އެވެ. ނުތެޅި އޮންނަ މަސް ދިރާސާތަކުން ދައްކާގޮތުން މަރުވާލެއް ލަސްކަމަށްވެއެވެ. މިހާރު ކަލެއަށް ވެގެން އުޅެނީވެސް އެހެންނެވެ. ވަށައިގެން ހުޅުނބުފައިބަނީ އެވެ. ފައިބާ ހުސްވާން މިހާރު ދާދި ގާތްވެއްޖެކަން މިހާރު ތިބުލޮގްގަ ލިއެފަ ހުންނަ އެޗެހިން އެބަ އިނގެއެވެ. ނުތެޅިމަޑުން ހުރިނަމަ ގައިމު މި ބްލޮގްތައް ރަށު މީހުންނަށްނުފެނުމަކީ ފެނުމައްވުރެ ގާތް ކަމެއްކަމާއިމެދަކު އެއްވެސް ދެބަސްވުމެއް ނެތެވެ. އެހެނީ ފަހުން ހަދާފަ މިހުރި ހުރިހާ ސައިޓްތަކަކީ ކަލެއަށް އަސަރުކޮށްގެން، އޮބިނޯވެގެން މަޑުން ނުހުރެވިގެން ތެޅެން ފެށުމުން ފޭބި ހުޅުނބުން ހަދާފަ ހުރި ސައިޓްތަކަކަށްވާތީއެވެ، ކަލޭ މިހާރު ދެރަވެ ރާޑި އަރައިފިކަން ކަލޭ ލިޔެފަހުންނަ އެއްޗެހި ކިޔާލުމުން އެންމެ ކުޑަކުއްޖާއަށްވެސް އިނގޭހާވެއެވެ. ހެދުނު މޮޔަހީވެ، އަމިއްލަ ޒަމީރަށް މަލާމާތް ކުރާހާލުވެ، ގޮތްދޫނުކުރަން ހިފަހައްޓަނީ ތާއެވެ. ކަލޭ ބުނެފަވާހެން ކަލޭމެންނަކީ މީހަކު ކިޔާހާއެއްޗަކުން އަސަރެއްވެސް ކުރާބައެއްނޫނެވެ. މައްސަލައެއްނެތެވެ. ކުރިއަށްދާށެވެ. އެހެނީ ހުދު އަހަރުމެންނަށްވެސް މިސައިޓްގަނޑުގައި އެއްޗެއް ލިޔެވެނީވެސް ކަލޭގެ ހިތްވަރެއް ހުރެގެންނެވެ.
ފުއްޕާފަ ޓާކީ ހެދިގެން ތިމަންނާ އެކަނި ތި ސައިޓްތައް ހަދާ ހުރިހާ އެންމެން މައިތިރި ކުރާނަމޭ ބުނާއިރު، ކަލެއަށް އެކަން ވާނީ ކިހިނެއްބާވައޭ ހިތައް އަރައެވެ. ވަރަށް ކެރި ހުރެ މިބުނަނީ ކަލެއަށް އެކަމެއް ނުވާނެއެވެ. ކުރިންވެސް ބުނެފަ ވާހެން ރަށުތެރެއިން ކޮންމެވެސް އެހެން މަސައްކަތެއް ހޯދައިގެން އެކަމާ އުޅުނިއްޔާ މާރަނގަޅުވާނެއެވެ. ކަލެއަށް ތިކަންނުވާނެކަމުގެ ހެއްކަކީ ކަލޭ ތިސައިޓް ހެދީންސުރެ ތިމަސައްކަތް ކުރަނީ މިކަމެއް ކުރާ ބަޔަކު އިނގޭތޯއެވެ. އެކަމަކު އެކަމެއްވެސް ކަލެއަކަށް ނުވިއެވެ. ތިމަންނާ ބޭނުންވަނީ އެމީހުން ބޭޒާރުކުރާށޭ އެކަން އެއޮތީ ކޮއްފައޭ ބުނެ ތިފެލިއަރުވަނީ ކަމާނުވެސް ބެހޭ ބަޔަކަށެވެ. ޤަބޫލުކުރިއަސް ނުކުރިއަސް މީ ހަޤީޤަތެވެ. މިވާހަކަ ކުރިންވެސް ވާނީ ކަލެއަށް ބުނެދީފައެވެ. ވީމާ، އިތުރަށް މިކަމުގައި އަހަރުމެން ކަލެއާ މީގެފަހުން ބަހުސް ކުރާކަށް ނެތީމެވެ.
ޓާކީ ކުކުޅެއްހެން ފުއްޕާފަ އުޅުނު މީހާ އެންމެފަހުން ލިޔާނެ ނުލިޔާނެ އެއްޗެއް ނޭންގިގެން ތިމާ އަމަޔާ، ބަފަޔާ، ބެހޭށޭ، އެއްޗެހިވެސް ކިޔާށޭ، ހަޔާތް ގޮވާށޭ ކިޔާ އެއޮތީ އާދޭސް ކޮށްފައެވެ. ކޮމެންޓްވެސް ކުރާށޭ، ހަޔާތް ގޮވީމާ މާ މަޖަލޭ ވެސް އެއޮތީ ލިޔެފައެވެ. ދެން ކަލޭގެ ފެންވަރާ މެދު ވިސްނުމެއްވެސް ނެތްތާއެވެ. އެހެނީ ތިމާ ބަނޑުއަޅާ ވިހޭ މައިމީހާ އާ ދިމާލަށް އެއްޗެހި ކިޔާ، ހަޔާތްގޮވީމާ، މާ މަޖާވާކަމަށް ވަންޏާ ..................؟
ކަލޭ ތި ބްލޮގް ހެދުމުގެ ބޭނުމަކީ ކަލޭ ބުނާގޮތުން ކަތީބާ އޭނާގެ އާއިލާގެ މޮޅުވާހަކަ ލިއުމާއި އެމީހުން ދިފާއު ކުރުމެވެ. އެކަމަކު އެކަންވެސް ކަލެއަށް ނުވިތާއެވެ؟ އޭގެންވެސް އިނގެނީ ތިމާ ފެއިލްވެއްޖެ ކަމެވެ. މަގްޞަދާ ޚިލާފަށް ތިމާމީހާ އާއިލާގެ އަގު ވައްޓާލައިފިން ތާއެވެ؟
ސާޅީސް އަހަރު ވަންދެން ރައްޔިތުންގެ ކުރިމަތީގަ ވެއްޓިފައިވާ އަގެއް އިއްޔެ މެންދުރު ވިހޭ ކުއްޖަކަށް އޭނާގެ ދަރިޔަކަށް ވީއޭ ކިޔާ، ނޫނީ އޮފީސް އެސިސްޓަންޓްގެ ވަޒީފާ ރައްޔިތުންގެ އަތުން ފޭރި ގަނެގެން އުޅުނޭ ކިޔާފަ ހޯދޭނީވެސް ކިހިނެއް ހެއްޔެވެ.؟
ކަށިކޮއްޔެއްހެން ފުއްޕާފަ މާއުނގޫދޫގެ ވާހަކައެއް ލިޔަންވާނީ ތިމަންނާމެންގޭ ވާހަކައެކޭ ކިޔާ އާދޭސް ކުރި އިރު، އެކަމަކު މިހާރު ކަލޭ ތިއުޅެނީ ކިހިނެއްވެގެން ހެއްޔެވެ؟ އެއްވެސް އަސަރެއް ނުކުރާނެއޭ ބުނިއިރު މިސައިޓްތަކުގަ ކަތީބުގެ ވާހަކަ ލިޔާތީ ކަލޭގެ ބްލޮގްގަ އެއޮތީ ކޮން ރުއިމެއް ރޮއިފަހެއްޔެވެ. ހެލްތް ޕޯސްޓްގެ ވާހަކަ ލިޔެދޭށޭ، ކޯޓުގެ ވާހަކަ ލިޔެދޭށޭ ކިޔައިގެން ތި އާދޭސް ކުރަނީ މިހާރު ދެންހަމަ ނޭވާ ހޮޅިއަށް އެޅުނީހެއްޔެވެ. އަހަރުމެން އަދި ތިބުނާ ވަރުގެ ވާހަކަ ތަކެއް މީގަ ނުވެސް ޖަހަމެއް ނޫންހެއްޔެވެ. ހާރީޔަށް ބަވާށޭ، އެވެނި ކަމެކޭ، މިވެނި ކަމެކޭ ތިގޮވާ ފެލިއަރުވަނީ އަހަރުމެން ކަލޭ ތިބުނާ ޑިމޮކުރަސީގެ ހަކުރުލައިގެން އުޅުނު މީހާހެން ކަލޭމެން ބުނާހާ ގޮތަކަށް ހެއްލޭނެ ކަމަށް ހެއްޔެވެ. މިކަން މިކުރަނީ ކަލޯމެން ބުނާކަހަލަ ގުނބޯލުންނެއް ނޫނެވެ. ވީމާ، އަހަރުމެން ވެބްސައިޓް ކުރިއަށް ގެންދާނެގޮތް ކިޔާދޭނެ ކަމެއް ނެތެވެ. ޖަހާނެ ހަބަރަކާ ނުޖަހާނެ ހަބަރު އިނގޭނީ އަހަރުމެންނަށެވެ. ދެންކަލޭ ބޯނެ އިނގިއްޔެއް ބޯށެވެ.
ބުނަން ހެއްޔެވެ. އަހަރުމެން ބޭނުމިއްޔާ ކޮންމެ ދުވަހަކުވެސް މިހުރިހާ ސައިޓްތައް އަޕްޑޭޓް ކޮށްފާނަމެވެ. އެކަމަކު މިކަން އަހަރުމެން މިކުރަނީ ކަލެއަށްވެސް ވާވަރު ބަލައިގެންނޭ އެހެން ސައިޓެއްގައި ލިޔެފަ ވާތީ ދުށީމެވެ. އެއީ ހަމަ ތެދެކެވެ. އަސްލުގަވެސް އަހަރުމެން މިކަން މިކުރަނީ އެގޮތަށެވެ. ކަލޭގެ ކެޕޭސިޓީއަށްވެސް ބަލައިގެންނެވެ. އަހަރުމެން ނަކީ 24 ގަޑިއިރު އޮންލައިންވެގެން ހަމަ މިކަމަށް ތިބޭ ބަޔެކެވެ. އަހަރުމެންގެ ވަޒީފާޔަކީވެސް މިއީއެވެ. ވީމާ، ތިހެން އަހަރުމެންގެ ރައްޔިތުންގެ ނޯކަރުންނަށް ތިބެ، ފެކްޓްރީ ހިންގަމުން، ތެޔޮފިހާރު، ޓްރޭޑް ސެންޓަރ އަދި ތިން ދަރަޖަ ލިބިގެންވާ ބޭސް ފިހާރަ ހިންގަމުން ލިބޭ ވަގުތު ތިކަން ކުރާނީ ކިހިނެއްހެއްޔެވެ؟ އަހަރުމެންނާ ހަމަޔަށް އަންނާނީ ކިހިނެއްހެއްޔެވެ؟
ވެރިންގެ މަކަރުވެރިކަން- ރައްޔިތުންގެ ނިކަމެތިކަން.
