7.11.07

މީ ކޮންބަޔެއް؟

ދަތްމައްޗަށް ތުންނާރާ މާ ހެވިފަ ހިތްހެޔޮ މީހަކަށް ވެގެން މީހުން ކައިރިޔަށް ގޮސް ސަމާސާ ކޮށްކޮށްފަ މިއުޅެނީ ކިހިނެތްވެގެން ބާވައެވެ. މިބުނާ މީހުންނަކީ މީގެކުރިން ގެއިން ނުކުންނަ ބައެއްވެސް ނޫނެވެ. އެމީހުންގެ މޮޅުކަންފެނި ބޮޑާވެގެން މީހަކާ އެގޮތަށް ވާހަކަ ދައްކާ ބައެއްވެސް ނޫނެވެ. ދެން ފެނުނީ މިބުނާ ތަނުން އެކަކު މުސްކުޅިއަކަށް އެހީވާތަނެވެ. އެމުސްކުޅިއާ ދާންއުޅޭތަނަށް ގެންދިއުމުގައެވެ. މިފެންނަ ކަންތަކާ އެތާންގަ ހުރި މީހަކުކައިރީ ސުވާލު ކޮށްލީމެވެ. މިފެންނަނީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ބުނީ މިއިންތިހާބުގަ ނޫނަސް ކޮންމެފަހަރަކުވެސް އެމީހުން އުޅެނީ އެގޮތަށެވެ. އެއީ ކީ އާކަމެއް ނޫނެވެ. އެވަރުންވެސް ކާމިޔާބުވޭތޯ އުޅޭނެ ކަމަށެވެ. މީނާ މިބުނީ ތެދެއްކަން ޔަޤީންވީ އެތަނުން އަނެއް މީހާ ނުކުޅެދޭ މީހުން އުފުލާކަހަލަ ގޮނޑިއަކަށް މީހަކު ލައިގެން އަންނަތަން ފެނުމުންނެވެ. އެމީހުން ބޮޑާކަމުން އަހަރުމެންނާ ވާހަކަ ނުދެއްކިއްޔާ އަހަރުމެންނަށް މަދުވާނީ ކޮންއެއްޗެއްހޭ ހިތައް އެރިއެވެ. އެކަމަކު މިގޮތަށް މިލިޔަން ޖެހުނީ ކޮންމެވެސް އެއްޗެއް އަހަރެންގެ ހިތައްވެސް އެރީމަތާއެވެ.



މިލިޔަންއުޅެނީ ކޮންބައެއްގެ ވާހަކަ ކަން މިހާރު ކިއުންތެރިންނަށް އެނގިދާނެއެވެ. ބުނަންމިއުޅެނީ ރަށުގެ މޭގަނޑުތަކުގެ ވާހަކައެވެ. ހާއްސަކޮށް އިބްރާހިމް ކަޅޭޔާއި،ލޯނޭގެ ވާހަކައެވެ. އިބްރާހިމް ކަޅޭއެވެ. ކަޅޭ މާސިޔާސީ ވެގެން މާކާމިޔާބުމީހަކަށް ވެގެން ދެއަތް ފުރަގަހަށް ހޫރަމުން ތިދުވަނީ ކަޅޭދެންތީ ކާކުހެއްޔެވެ. ސިޔާސީވެގެން އުޅޭއިރު އެންމެކުޑަމިނުން ޤާނޫނު އަސާސީ ދުވަހަކުވެސް ދެވުނުކަމެއްނޭންގެއެވެ. ޤާނޫނު އަސާސީ ނުފެންނަތާ އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަންއިނގޭކަމެއްވެސް ނޭންގެއެވެ. މިކަލޭގެޔާ ލޮނޭ ނިޒާމީ ވޯޓަށް ކެމްޕޭން ކުރިދުވަސްވަރު ގޭގެޔަށްގޮސް މުސްކުޅިންނާ، އަންހެންވެރިންކައިރީ ބުނިކަމަށްވަނީބަރުލަމާނީ ހޮވިއްޖެޔާ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ތަޅާލާނެކަމަށެވެ. ކާފަރުދީން އަންނާނެކަމަށެވެ. މީހުންނަށް ރަނގަޅުގޮތާއި ނުބައިގޮތް ކިޔާދޭންތީކޮންބައެއްހެއްޔެވެ. ދީނުގެ ވާހަކަ ދައްކާއިރު ދުވާލު ކިތައް ނަމާދު ތިމާއަށްކުރެވޭތޯ ތިމާ އަމިއްލަ ނަފްސާ ސުވާލުކޮށް އަމިއްލަޔަށް ޖަވާބު ހޯދާލާބަލާށެވެ.ކަޅޭއެވެ. އެހެންމީހުންނަށް ދީން ކިޔަވާނުދީ އިހަށް ތިމާގެ އަނބިމީހާގެ އައުރަނިވާކުރުން ކިހިނެތްވާނެހެއްޔެވެ؟ މީކޮންމެހެން އަހަރެން ކަލޭދެކެ ރުޅިންބުނާވާހަކައެއް ނޫނެވެ. ދެން މިސްކިތަށް އަރަންފަށާށެވެ. އޭރުން ފަހަރެއްގަކަލޭތިދައްކާ ވާހަކަތައް މީހަކު ޤަބޫލުވެސް ކޮށްފާނެތޯޗެކެވެ



ބުނަންހެއްޔެވެ؟ ކަލޭމެން ކެންޕޭނުގެ ދުވަސްވަރު ގެއިން ނުނިކުމެތިބިއްޔާ މާތާހިރުވާނެއެވެ. ސަބަބު ބައިވަރެވެ. ކަލޭމެންނަކީ ރައްޔިތުންގެ ކުރިމަތީގައި އަބަދުވެސްމާއަގެއް ހުރި ބައެއް ނޫނެވެ. ވީމާ، ހަމައެކަނި އެދުވަސްވަރު ނިކުމެމޭ ފުއްޕާފައި ފުރަގަހަށް ދެއަތް ހޫރަމުން ގޭގެޔަށްވަދެ އަންހެން ވެރިން ކައިރީގައި ފޮނި ކަނޑަމުން މިސްކިތްތައް ތަޅާލާނޭ ކިޔާފަ އެންމެފަހުންމީހުންގެ އަނބިން ގަޔަށް އަރަންވެސް ތިމަސައްކަތް ކުރަނީއެވެ. ދެންތި ތަޅަނީކޮންއެއްޗެއްހެއްޔެވެ؟ ރަނގަޅެވެ. މިސްކިތެއް ނޫންތާއެވެ. އިރަކު ހެއްލުނަސްމިހާރަކު ފަސް ރުފިޔާއަށް ހެއްލޭނެ މީހަކު މާއުނގޫދޫއަކު ނެތެވެ. އެކަން މިހާރުކަލޭމެންނަށް ވިސްނިދާނެކަމަށް ހީކުރަމެވެ. މީގެ ކުރީގެ އިންތިހާބުތަކުގައިކަލޭމެން ބޭނުން ގޮތަކަށް ކަންތައް ނިމިދިޔައީ ކަލޭމެންގެ ބާރުންނާއި ކަލޭމެންގެސަބަބުންނޭ ހީކުރިއަސް އެއީވެސް ކުއްހީއެކެވެ. އެހެން އެކަން ވެފައިވަނީ އެހެންބައެއްގެ ސަބަބުންނޭ ބުންޔަސް ޤަބޫލުކުރާނެ ކަމެއް ނޭންގެއެވެ؟ އެކަމަކު އެއީހަޤީގަތެވެ. ވޯޓުގެ ނަތީޖާ ބަދަލުވަނީ އެހެން ހިސާބަކުންނެވެ. ކަލޭމެންގެ ސަޕޯރޓްއޮތްވަރު އެންމެފަހުން އޮތް ރކ.ކޮމިޓީ އިންތިހާބުން އެއޮތީ ފެންނާށެވެ. ކަލޭމެންލާރިވެސް ބެހިކަން ދެނަހުރީމެވެ. ކަރުދާސްކޮޅުތަކެއް ޗާޕްކޮށްގެން ހޮވަންވީމީހުންގެ ލިސްޓެއް ހަދާ ވޯޓުލާންދިޔަ މީހުންނަށް ސިއްރުސިއްރުން ދިންކަންވެސްދެނެހުރީމެވެ. އެކަމަކު ކަލޭމެންގެ ލިސްޓްގަ ހިމަނާފައިވާ ނުވަ މީހުންގެ ތެރެއިންއެކަކުވެސް ނުހޮވުނުދޯއެވެ. ވޯޓުލައިދޭށޭ ކިޔާފަ އަންހެންވެރިން އަތަށް ފަސްރުފިޔާ ލައިދިނަސް އެކަކުވެސް ކަލޭމެން ބުނި ގޮތަށް ހެދިހެއްޔެވެ؟ ނުހެދި ދޯއެވެ.ކިރިޔާވެސް ކަލޭމެން ބޭނުންވާ މީހަކަށް ހޮވުނީ ޒަރީރު (ޕެލޭ) ދޯއެވެ. އެކަމަކުކަލޭމެން ބެހި ނުވަ މީހުންގެ ލިސްޓްގައި ޒަރީރުގެ ނަމެއްވެސް ނެތެވެ. ވީމާ ދެންމިހާރު ޒަރީރު އެއީ ކަލޭމެންގެ މީހަކަށް ހަދައިގެން އުޅުމުގެ ބޭނުމެއް ނެތެވެ.އޭނާ މަތިން ހަނދާން ނައްތާލާށެވެ. އެއީވެސް އަހަރުމެންގެ މީހެކެވެ. ލޮނޭއެވެ.ކަލެޔާ ބެހޭގޮތުންމާގިނަ ވާހަކައެއް ލިޔުމުގެ ބޭނުމެއް ނެތެވެ. ކަލެޔަކީއާއިލާތަށް ހަލާކު ކުރަމުންދުވާމީހެކެވެ. މީހުންގެ އަނބިން ކައިރީ ދޭތެރެ ޖައްސާ،ދޭތެރެ ދުރުކުރަމުން ދުވާމީހެކެވެ. މިހާރުވެސް ތިކޮށްގެން އުޅޭކަންތައް ކަލޭއަމިއްލަޔަށް ވިސްނާފިކުރުކޮށްލަބަލާށެވެ. ދެމަފިރިންގެ ދޭތެރެޔަށް ވަދެއާއިލާއެއްގެ އުފާވެރި ދިރިއުޅުން ހަލާކުކޮށް ކުދި ކުދި ކުދިންތަކެއް އެކުދިންމައިވަންތަ ކަމުގެ ލޯބިން މަޙުރޫމް ކޮށްލީއެވެ. ހެޔޮވާނެހެއްޔެވެ. އަދި މިވަރުން ފުއްދާލީކީނޫނެވެ. އެންމެ ފަހުން މާފިރިހެންވެގެން ދެ އަނތްބަށް އެމަންޖެޔާ އިނދެފަބަލިވެއިންދާ އެފަކީރު ތި ވަރިކޮށްލީއެވެ. އެހިތާމައިގައި އެމަންޖެގެ ބައްޕަހާރޓްއެޓޭކް އެއް ޖެހިގެން މިހާރު އޮތީ އައި.ސީ.ޔޫގައެވެ. މިހާރު ބޭރަށްނުދާކަމެއްވެސް ނޭންގެއެވެ. އެއާއިލާ އެންމެންގެ ވަޒީފާ ގެއްލި މުޅިއާއިލާ ދޮވެލާހުސްވީއެވެ. ވީމާ، ތިފެންވަރުގެ މީހެއްގެ ވާހަކަ ލިޔުމުގެ ބޭނުމެއްވެސްކޮބާހެއްޔެވެ؟



މާފިރިހެންވެގެން ކާފަކިޔާ އުމުރަށްދިއުމުން ތިތެޅުން ނުތެޅި ގޭގަ އޮތިއްޔާމާތާހިރުވާނެއެވެ. ކަލެޔަށް ނޭނެގުނަސް ކަލޭ އުޅޭ ވައްތަރުން ކަލޭގެބޮޑެތިވެފަތިބި ދަރިން އެތިބަ ލަދުން ހަލާކުވަނީއެވެ.

1 ޚިޔާލު:

Anonymous Anonymous ޚިޔާލު ފޮނުއްވީ

ran,galhu! ibrahm salym mihaaru vaivehje.mihaaru tifaahaga kuri demeehun nakee maiti kuran vefa tibi demeehun kuriyah dey!

November 8, 2007 at 8:32 AM  

Post a Comment

<< Home

 

ޚަބަރުތައް
ކުރީގެ ޚަބަރުތައް
ލިންކުތައް
ފޮޓޯ