ތަޖުރިބާ އަށް ބައްލަވާށެވެ. ވިހި ހާސް ރުފިޔާއަށް ނުވިކޭށެވެ
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަށް ޤައުމު، އާދެ، ޖީ އަށެއްގެ ޤައުމުތަކުގެ ތެރެއިން ރިޔާސީ ނިޒާމު އޮންނަނީ ދެ ޤައުމުގައެވެ. އަނެއް ހަ ޤައުމުގައި އޮންނަނީ ބަރުލަމާނީ ނިޒާމެވެ
ދުނިޔޭގެ އެންމެ މުއްސަދި ފަސްދޮޅަސް ޤައުމުގެ ތެރެއިން ފަންސާސް އެއް ޤައުމުގައި އޮންނަނީ ބަރުލަމާނީ ނިޒާމެވެ. ރިޔާސީ ނިޒާމު އޮންނަނީ އެންމެ ނުވަ ޤައުމުގައެވެ
ދުނިޔޭގެ އެންމެ ފަޤީރު ފަސްދޮޅަސް ޤައުމުގެ ތެރެއިން ފަންސާސް ދެ ޤައުމުގައި އޮންނަނީ ރިޔާސީ ނިޒާމެވެ. ބަރުލަމާނީ އޮންނަނީ އަށް ޤައުމުގައެވެ
ދުނިޔޭގައި ކޮރަޕްޝަން އެންމެ ގިނަ ތިރީސް ޤައުމުގެ ތެރެއިން ފަންސަވީސް ޤަރުމުގައި އޮންނަނީ ރިޔާސީ ނިޒާމެވެ. ފަސް ޤައުމުގައި ބަރުލަމާނީއެވެ
| ރިޔާސީ | ބަރުލަމާނީ | ބައްރު (ކޮންޓިނެންޓު ) |
| 6 | 42 | ޔޫރަޕު |
| 37 | 4 | އެފްރިކާ |
މި ތަފާތު ހިސާބުތަކުން ހުރިހާކަމެއް މިއޮތީ ފެންނާށެވެ. މޮޅީ ކޮންނިޒާމެއްކަމާމެދު ޝައްކުކުރެވޭކަށް ޖާގައެއް ނެތެވެ
އަނިޔާވެރިންގެ މަޅީގައި ނުޖެހި ސަލާމަތްވަމާތޯއެވެ؟
އަޅުގަނޑުމެންގެ މިޒުވާން ޖީލު ހަލާކޮއްލި ބަޔަކު މިހާރު ވަކި އަހަރެމެންނަށް ހެޔޮ އެދޭނެ ހެއްޔެވެ؟
ވިހި ހާސް ރުފިޔާ އަކީ ދެދުވަހުގެ ކަމެކެވެ. މި ވޯޓުގެ އަސަރު އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ވެސްކުރާނެއެވެ

0 ޚިޔާލު:
Post a Comment
<< Home