5.8.07

ކޮމިޔުނިޓީ ޕަވަރހައުސް

ކޮމިޔުނިޓީ ޕަވަރހައުސް ވޭތިވެދިޔަ ޖުލައިމަހު ރައްޔިތުންނަށް ނޭނގި ކަރަންޓް އެތައް ފަހަރެއްގެ މަތިން ރައްޔިތުންގެ އިންޖީނުގެއިން ކަނޑާލާފާވެއެވެ. މިއުޅެނީ ރައްޔިތުންނަށް ނޭނގި ކަރަންޓް ކަނޑާލާ ވާހަކަ ލިޔާކަށް ނޫނެވެ. މިއުޅެނީ ރައްޔިތުންގެ އިންޖީނުގެއަށް މީހުން ހޮވާ ވާހަކަ ދައްކާށެވެ

އުނިމާ މުނީޒުގެ ބަދަލުގައި ޢަލީ ޝަހީމް (އައްކާ ކާޅު) އެތަނަށް ނެގީ ދޮން އާދަނު (އެއްކަލަ ޒުހުރާ ފިރިސޮރު) މާ ގަޔާވާ މީހަކަށް ވާތީއެވެ. ދެން ކާޅު އެތަނުން ކެނޑުނީމަ ކަތްދަ ޢަލީ ނެނގީ ޙުސައިން ރަޝީދު (ބޯކޮށާ) މާ ގަޔާވާ މީހަކަށް ވާތީއެވެ. މީ ޙަޤީގަތެވެ. ނަމަވެސް ކާޅާ ކަތްދަ އައްޔާ ދެމީހުންވެސް ކެނޑުނީއެވެ. ދެމަސް ދުވަސް ވަންދެންވެސް ވަޒީފާގާ ނުތިބެވުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މުސާރަ މާ ކުޑައީ އެވެ. މަހަކު ފަނަރަސަތޭކަ ރުފިޔާއަށް، ދުވާލަކު އަށްގަޑިއިރު މީހަކު ޑިއުޓީ އަދާ ކުރާނެހެއްޔެވެ؟ ދޮން އާދަނަށް ދޭ މުސާރަ އެހެން މީހުންނަށްވެސް ދޭށެވެ. ދޮން އާދަނަށް މަހަކު ދެހާސް ފައްސަތޭކަ ރުފިޔާ ދީފަ އެހެން މީހުންނަށް މަހަކު ފަނަރަސަތޭކަ ދިނުން އެއީ އެއްގޮތަކަށްވެސް ހަމަޖެހޭ އުޞޫލެއް ނޫނެވެ. އެހެން މި ބުނަނީ ކޮންމެ މީހެއްގެވެސް މަސްޢޫލިއްޔަތު އެއްވަރުކަމަށްވާތީއެވެ. ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދިނުމުން ދޭ ވަކި އެލަވަންސެއް ދިނުން އެއީ މައްސަލައެއް ނޫނެވެ. މިހާރު ހުސްވެފައިވާ މަޤާމަށް މީހަކުނުލެވި މާގިނަދުވަސް މިވަނީ ދޮން އާދަނު ހިތާވާ މީހަކު އިންޖީނުގެއަށް ނަގަން ވެގެންނެވެ. މީ ހަމަ ތެދެކެވެ. ރުޅި ނާންނާށެވެ. އިޢުލާނު ކުރުމެއްނެތި ހުސްވެފައިވާ މަޤާމަށް ނަގަން އުޅެނީ އެއްކަލަ ގޯނބުލިފުޅިއެވެ. މީ ދޮން އާދަނު މާ ގަޔާވާ މީހެކެވެ. ގަބޯއަށް (ޙުސައިން މޫސާ) އިންޖީނުގޭގައި ނޫޅެވުނީ މި ގޯނބުލިފުޅި އާ ދޮން އާދަނުގެ ބަލާ ބޮޑުކަމުންނެވެ. މި ދުވަސްވަރު އެއްކަލަ ގޯނބުލި ފުޅި އާ ދޮން އާދަނު ކުރާނެ އިތުރު މަސައްކަތެއް ނުލިބެއެވެ. އޭރު އިބްރާހީމް ސަލީމް މަސް ފިނިކުރާ ކުންފުންޔެއްވެސް ނެތެވެ. ގަބޯ ޕެޓްރޯލް ކީސް ގެންގުޅެނީއެވެ. މިކަމާ މި ދެރުނޑި އަރާ ރުޅިން، ގަބޯ ޑިއުޓީ ގަޑީގައި ރުއް ކީހަނިއްޔޭ، އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔަނީއެވެ. ވިލްޑަން ކޮށްގެން ލިބޭ ލާރި ކޮޅު ގަބޯއަށް ނުދީ ދެގޮލާ ދިރުވާލަނީއެވެ. މިހެން ހަދަން ފެށުމުން ގަބޯ އެތަނުން ކެނޑުނީއެވެ

ދޮން އާދަނު ބުނާ ގޮތުން ގޯނބުލި ފުޅި ވަޒީފާއަށް ނަގަންވީ ފެށޭ މުސާރައަށް މަހަކު ސަތާރަ ސަތޭކަ ފަންސާސް ރުފިޔާ ދީފައެވެ. ނަމަވެސް ފެށޭ މުސާރައަކީ މަހަކު ފަނަރަސަތޭކަ ރުފިޔާއެވެ. މިކަމާ ޙަނީފު ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނުމުން، ހަނީފު ހައްދަން އޭނާ މައިދައިތަ ދަރި މުޙައްމަދު އެ މަޤާމަށް ނަގާށޭ މިއުޅެނީ ދޮން އާދަނު ބުންޏެވެ. މިހިރީ ހަމަ ގޯނބުލި ފުޅިއަށް ބޮޑު މުސާރަ ދީފަ ވަޒީފާއަށް ނަގަން ވެގެން ޖަހާ ހާމަޅިއެވެ. މިހާރުވެސް ވިލްޑަން ކޮށްގެން ލިބިފައިހުރި ލާރި ނުބަހާތާ ހަތަރުފަސް މަސް ވެދާނެއެވެ. ވިލްޑަން ކޮށްގެން ލިބޭ ލާރި ބަލަހައްޓަނީ ވަރަށް ފައްކާ ކޮންނެވެ. އެއްވެސް ފޮތެއްގައި ލިބޭ ފައިދާއެއް، ކުރާ ޚަރަދެއް ނޯޓެއް ނުކުރެއެވެ. އެ ލާރި ހުންނަނީ ނޭނގޭ ކޮންމެވެސް ތާކުއެވެ

މިހާރު ދޮން އާދަނު ޑިއުޓީ ގަޑީގައި ކުރާކަމަކީ އެއްކަލަ ރުނޑިކާޅަ (އިބްރާހީމް ސަލީމް) ށް މަސްކަނޑައި ދިނުމެވެ. މީ ފައްކާ ކަމެކެވެ. އިންޖީނުގޭގައި އުޅޭ އިބްރާހީމް ސަލީމާ ދެކޮޅު މީހަކަށް ޑިއުޓީ ގަޑީގައި އެހެން މަސައްކަތެއް ނުކުރެވެއެވެ. ރައްޔިތުންގެ އިންޖީނުގެއަށްވެސް ބޮޑު ކަތީބާ، އޭނާގެ ދަރި އިބްރާހީމް ސަލީމް ހަދަނީ އެ މީހުން ހަނދާނެއެއްޗެކެވެ. އެހެން ނޫންނަމަ މިހާރު އިންޖީނުގެއަށް މީހަކު ހޯދުމަށް އިޢުލާނުކޮށްފީހެވެ. ގޯނބުލި ފުޅި އިންޖީނުގެއަށް ހަމަޖައްސަން އެ އުޅެނީ، ޑިއުޓީ ގަޑިގައި މި ދެމީހުން ބައިތިއްބައިގެން އިބްރާހީމް ސަލީމްގެ މަސް ކަނޑާށެވެ. ރުޅި ނާންނާށެވެ. މީ ހަމަ ޙަޤީގަތެވެ. ކަން ހުރި ގޮތެވެ

1 ޚިޔާލު:

Blogger hikkey ޚިޔާލު ފޮނުއްވީ

ek dham perfect.thank you 4 such a realistic journal.

August 9, 2007 at 3:30 AM  

Post a Comment

<< Home

 

ޚަބަރުތައް
ކުރީގެ ޚަބަރުތައް
ލިންކުތައް
ފޮޓޯ