1.8.07

ގއ. ގެ ސަރަހައްދީ އެއާޕޯޓާމެދު ގޮތެއް ނިންމާފައިނުވާތީ ނިލަންދުއާއި މާމެންދޫގެ ރަށު އޮފީސް ބަންދުކޮށްފި









ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރުކާރުން އަޅަން ނިންމި ސަރަހައްދީ އެއަރޕޯޓް ތަކުގެ ތެރެއިން ހަތަރު އެއަރޕޯޓެއް އެޅުމަށް ސޮއިކުރިއިރު ގއ.ގައި އެޅުމަށް ނިންމި އެއަރޕޯޓާމެދު ގޮތެއް ނިންމާފައިނުވާތީ ދެރަށެއްގެ ރަށު އޮފީސް ބަންދުކޮށް އެއްރަށަކުން އަތޮޅުވެރިޔާ ބޭރުކޮށްފި އެވެ

ރޭ 8 ގެ ޚަބަރުގައި ޓީވީމޯލްޑިވްސްއިން ހަތަރު ރަށުގެ އެއަރޕޯޓް އެޅުމަށް އެއްބަސް ވުމުގައި ސޮއިކުރިކަމަށް ގޮވުމުން, ގއ.ނިލަންދޫއާއި މާމެންދޫގެ އޮފިސް ބަންދުކޮށް އޮފީހާއި ކޯޓުން ކަރަންޓު ކަނޑާލާފައިވަނީ ރޭ 9 ޖެހިއިރު އެވެ. އެދެރަށުގެ ރައްޔިތުން ބުނީ އެގޮތަށް ރަށު އޮފީސް ބަންދުކުރަންޖެހުނީ ރޭ ޚަބަރުގައި ސަރަހައްދީ އެއަރޕޯޓް ތަކުގެ ތެރެއިން އަނެއް ހަތަރު ރަށުގެ އެއަރޕޯޓާއި ރިސޯޓު ހެދުމަށް ބަޔަކާއިއެކު ސޮއިކުރިއިރު ގއ.ދިގުރަށުގައި ހަދަން ނިންމި އެއަރޕޯޓާ މެދު ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ. ރަށު އޮފީސް ބަންދުކުރީ ސަރުކާރުން އޮޅުވާލައިގެން ދިގުރަށުގައި އަޅަން ނިންމި އެއަރޕޯޓް އެހެން ރަށަކަށް ބަދަލުކުރަންވެގެން އެ އެއަރޕޯޓް އެޅުން ފަސްކުރީމާކަމަށް މާމެންދޫ އޮފިސް ކައިރިއަށް އެއްވެފައިތިބި މީހުންގެ ތެރެއިން މީހަކު ޖަޒީރާއަށް ކިޔައިދިނެވެ. ” އަޅުގަނޑުމެން ރަށު އޮފީސް ހުޅުވާނީ ދިގުރަށުގައި އެއަރޕޯޓް އަޅަން ހަވާލުކުރާނެ ދުވަހެއް ސަރުކާރުން އަޅުގަނޑުމެންނަށް އެންގުމުން“ ނިލަންދޫ އޮފީސް ކައިރީގައި ހުރި މީހަކު ބުންޏެވެ

މާމެންދޫން ބުނީ އެރަށުގެ އޮފީސް ހުޅުވޭނީ ރައްޔިތުންނާއި ކަތީބުން ބައްދަލުކޮށް ރައްޔިތުން ހުށަހަޅާ ހުށަހެޅުންތައް ސަރުކާރުން ގަބޫލުކުރާނަމަ އެވެ. ” އަޅުގަނޑުމެން އޮފީސް ހުޅުވައި އޮފީހަށާއި ކޯޓަށް ކަރަންޓް ދޭނީ ބައްދަލުކުރުމުގައި އަޅުގަނޑުމެންގެ ހުށަހެޅުންތަކަށް ސަރުކާރުން އިޖާބެދޭނަމަ“ މާމެންދޫ މީހަކު ބުންޏެވެ. މާމެންދޫ ކަތީބު ވިދާޅުވީ އޮފީސް ބަންދުކުރިކަން ކަތީބަށް އެނގިވަޑައިގަތީ މިއަދު ހެދުނު އޮފީސް ހުޅުވަން ދިޔުމުން ކަމަށާއި އެވަގުތުން ފެށިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އޮފީސް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅުވެރިޔާ ރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އަތޮޅު ވެރިޔާ ރަށަށް ނޭރުމަށް އިލްތިމާސް ކުރުމުން އަތޮޅުވެރިޔާ ރަށުން އެނބުރި ވަޑައިގަތް ކަމަށް ކަތީބު ވިދާޅުވި އެވެ. ” އަޅުގަނޑު މިމައްސަލަ ނިންމުމަށް އަތޮޅުވެރިޔާއަށްވެސް ދެންނެވިން, އެކަމަކު ރަށުގެ ބަޔަކު ނުކުމެ ބުނީ އަތޮޅުވެރިޔާ ރަށަށް އެރުން އެހާ ރަނގަޅު ނޫން ކަމަށް. މިހާރު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނާ ބައްދަލުކުރެވޭތޯ“ މާމެންދޫ ކަތީބު އަހުމަދު މަނިކު ވިދާޅުވި އެވެ. ޓްރާސްޕޯޓާއި ބެހޭ މިނިސްޓްރީން ބުނީ ދިގުރަށުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓް އެއްބަސް ވުމުގައި ސޮއިކުރުން ލަސްކޮށްފައިވަނީ ވައިގެ ބަނދަރު ތަރައްގީ ކުރާނެ ރަށެއްގެ މައްސަލާގައި އަތޮޅުފެންވަރުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ ކަމަށެވެ. ގއ.ގައި ސަރަހައްދީ ވައިގެ ބަނދަރެއް ހެދުމަށް އެންމެ ފުރަތަމަ ސަރުކާރުން ހަމަޖެއްސެވީ ގއ.ދިޔަދޫގަ އެވެ. ނަމަވެސް އެއަތޮޅު ވިލިގިލީގެ އިސް ނެގުމުގެ މަތިން އެއަތޮޅުން ތައްޔާރުކުރި ޕެޓިޝަނަކުން ވައިގެ ބަނދަރު ބަދަލުކުރެވުނީ ވިލިގިލި ކައިރީގައިވާ ފަޅުރަށެއްކަމަށްވާ ދިގުރަށަށެވެ. އެއަށް ފަހު އަނެއްކާ ވިލިގިލިން މިހާރު މަސައްކަތް ކުރަމުންދަނީ ވިލިގިލީގައި އެއަރޕޯޓް އެޅުމަށެވެ. ނަމަވެސް އެކަމާއި ދެކޮޅަށް އެއަތޮޅުގެ އެހެން ރަށްރަށުން ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ

ޖަޒީރާ ނޫހުން ނަކަލު ކުރެވިފައި



2 ޚިޔާލު:

Anonymous Anonymous ޚިޔާލު ފޮނުއްވީ

އާން މަގޭ ބުނިދުވަސް އަންނަނީ! ދެން ރޮމުން ރޮމުން ދޭ އެމް އެޗް ކައިރިޔަށް ގޮސްގެން ށ އަށް ބަދަލުވޭ އޭރުން ހަތަރެސްކަން ހަމަވީ.
ކަލޭ އެރަށަށް ނޭރި ކަން ނަސީބު. އެރި ނަމަ ހޭ އަރުވާލީ މޫސް.

August 1, 2007 at 9:34 AM  

Anonymous Anonymous ޚިޔާލު ފޮނުއްވީ

ahdey ehkala tagribaa huri molhumeehaa !adi miulhenee masduvas nuvegen atoll verikan havaalu kurifahun mihaaru atollge rahyitun emeehun ulhey rahrashah eynaa aruvanves beynumeh nuvey!hairaaneh nuvaaneta?mehaa molhu meehaku ,hingunteriyaku,kihineh mivanee?

August 2, 2007 at 12:05 AM  

Post a Comment

<< Home

 

ޚަބަރުތައް
ކުރީގެ ޚަބަރުތައް
ލިންކުތައް
ފޮޓޯ