1.6.07

އިބްރާހިމް ސަލީމަށް ހަމަ ސާބަސްފުޅު

އިބްރޭ އެވެ. ކަލޭ ދިވެހިބަސް ކިޔެވީ އަޅެފަހެ ކޮންތާކުން ހެއްޔެވެ؟ ކަލެޔަށް އިނގިރޭސިން މާ މަތީ ފާހެއް އޯ ލެވެލް ގައި ލިބުން ވާހަކަ ބީބީސީން ގޮވިޔެވެ. އެހެނވެގެން ވީގޮތެއް ދޯއްތޯ އެވެ. ނޫނީ ޒުހުދާ އާއި ހުދުހުދާ އާއި އެކީ ކިޔެވި ކިޔެވުމުގެ ނަތީޖާހެއްޔެވެ.؟
ކަލޭ ސީ އެޗް އެސް އީ އިން ޖާގަ ނުލިބިގެން ނުވަދެވުން ވާހަކަ ކިޔައި ދިން ދުވަހު މަށަށް ވެސް ވަރަށް އަސަރު ކުރިޔެވެ. އެކަމާ ވީ ދެރައިން އަހަރެން އެތަނަށް ގުޅުމުން އެތަނުން ފޯނުނެގި ކައުސަރު ކިޔާ މަންޖެޔަކު ބުނީ އެއްވެސް އިރެއްގައި ޝަރުތު ހަމަވާ ކުއްޖަކަށް ޗާންސް ނުދީ ނޯންނާނެ ކަމުގައެވެ. އެވަރުންވެސް ހިތް ހަމަ ނުޖެހިގެން އަހަރެން ކަލޭގެ މަޢުލޫމާތައްދީ ޗެކް ކޮއްލަ ދިނުމަށް އެދުނީމެވެ. މަގޭ ނަންބަރު ދީފައި އެވަޤުތު ފޯނު ބޭއްވީއެވެ
ގާތްގަނޑަކަށް ބައި ގަޑި އިރެއްހާ އިރުފަހުން ކައުސަރު ގުޅާފައި ބުނީ އިބްރާހިމް ސަލީމުގެ ޝަރުޠު ހަމަނުވާ ވާހަކަޔެވެ. މަގާތަށް އައީ އަމަށަކު ރުޅިޔެއްނޫނެވެ. އެމަންޖެޔަށް ރޮވޭ ވަރަށް ބަވާލައިފީމެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ކަލޭ ބުނާގޮތުން ކަލޭ އައިސް ހުރީ މުޅި ރާއްޖެއިން އުތުރުން އޯލެވެލް އިން އެއްވަނަ ހޯދައި މުޅި ހޮޅުދޫ ސިއްސުވާ ލާފައި ވިއްޔާއެވެ. މަށަށް އަދި ކިރިޔާ މި ރެޔަކާ ލަނިއްޔެވެ؟ ކަލޭ އެސް އެސް ސީ ދިވެހި ން ވެސް ފާސް ނުވަނީ ދޯ އެވެ؟
އާން އެކެވެ؟ ކަލޭ ގެ ބަފާޔާ މުޚާތަބުކޮށް ސާބަސްފުޅޭ މަނިކްފާނޭ ކިޔޭ އިރު މި ކިޔެނީ ކީކޭކަން ނޭންގުނުދޯ އެވެ. ތީ އެކަމަކު ބޮޑުވަރެއްދޯއެވެ

3 ޚިޔާލު:

Anonymous Anonymous ޚިޔާލު ފޮނުއްވީ

esorah hama saabas. thikudhinnah ves beybe bunelaan othee thigithugai kuriah dhaashey. ekamakubunan adhi aaticle ginakollaa. eyrun thivareh neiy. good work keep it up. iburahim saleem e ulhenee fadaboegen. ebalhu adhi maithiri vaane.

June 2, 2007 at 9:36 AM  

Anonymous Anonymous ޚިޔާލު ފޮނުއްވީ

sabaas....

June 4, 2007 at 4:08 AM  

Blogger ibbe ޚިޔާލު ފޮނުއްވީ

dhivehi bahakee muhamdhu zakariyya hedhi echcheh kamah i saleem heekuneebaa?dhivehi bas alun kiyavanveenu. dhen aiminaafulhuh secatery kandhee. ewyrun hamavee.okay.

June 5, 2007 at 5:39 AM  

Post a Comment

<< Home

 

ޚަބަރުތައް
ކުރީގެ ޚަބަރުތައް
ލިންކުތައް
ފޮޓޯ