މާއުނދަގޫ ވެބް ސައިޓް ހަދައިގެން މީހަކަށް މާ އުނދަގޫ ވެއްޖެ
ކަލޭ މޮޔަވީ ހެއްޔެވެ؟ ބަޔަކު މީހުން ރަށުގެ ވެބްސައިޓެއް ހަދައިގެން ރަށުގެ ފޮޓޯ އާއި ޚަބަރު ޖަހަން ފެށުމުން ކަލެޔަށް ހާދަ އަސަރެއް ކޮއްފި ދޯ އެވެ؟ ވާނީވެސް އެހެންތާ އެވެ. ތިމަންނާ މެން ބޭޒާރުވަނީ ދޯ އެވެ. އެކަމަކު އެ ވެބްސައިޓް ގައި ތިހާ އަސަރު ކުރުވާ ވަރުގެ ވާހަކަޔެއް އަދި ނުޖަހާ ނޫން ހެއްޔެވެ.؟ އަހަންނަކީވެސް ތިބުނާ ސައިޓަށް ކޮންމެވެސް ވަރަކަށް ވަދެ އުޅޭ މީހަކީމެވެ. ތިހާވަރުވާ ވަރުގެ ވާހަކަޔެއް އޭގައި އެބަ އޮތް ހެއްޔެވެ؟ މައްސަލައެއް ނެތެވެ. މަށަށް އަސަރު ނުކުރިޔަސް ކަލޯ މެން ނަށް ކޮއްފާނެތާއެވެ. ކަލޭ ރުޅި އައިސްގެން ތިއުޅެނީ ކަތީބު ޒަޚަމް ވީ ވާހަކަ ކިޔާފަހެންނޭ މަށަށް ހާދަ ހީވެއެވެ. ތެދު ޚަބަރެއް ނޫން ހެއްޔެވެ.؟ އެހެން ވިއްޔާ ދެން ތި ފުއްޕަނީ ކިހިނެއް ވެގެން ހެއްޔެވެ.؟ އެ ޚަބަރުގަ ވަނީ މަޔަކު ދަރިޔަކަށް ނުދޭ ވަރަށް ކަލޭގެ ބައްޕައަށް ނަސޭޙަތް ދީ ފައެވެ ކަލޭވެސް ރުޅި މަޑު ކޮއްފަ ބައްޕައަށް ނަސޭޙަތް ލައި ދޭށެވެ. މަސައްކަތް ކުރާ އިރު ހައިމާރކް ކައިރީ ނުހުރުމަށް ބުނެދޭށެވެ. އެ ކަހަލަ ތަން ތަނަށް ވަންނަ އިރު ގައިދުރު ކިޔައިގެން ވަންނަން ހަނދާކޮށްދޭށެވެ. ނޫނީ ކަލެޔަށް އަސަރު ކޮއްގެން ތިއުޅެނީ އެ ޚަބަރަށް މާބުރުގެ ނަމުގަ ދީފަ އިން ކޮމެންޓާ ހެދި ހެއްޔެވެ.؟ ހާދަ ހިތްވަރެއް ނެތްދޯ އެވެ. އެއީ ޒަމާނީ ނޫސް ވެރިކަމެވެ. ބިނާކުރުވަނިވި ފާޑުކިޔުމެވެ. އެ ފަދަ ސައިޓުތަކުގައި ކޮމެންޓް ކުރެވޭގޮތަށް އެ ހުންނަނީ އެހެންވެގެން ނޫން ހެއްޔެވެ.؟ އެހެން މީހުންގެ ޚިޔާލުތައްވެސް ހިމެނުމަށް ނޫން ހެއްޔެވެ.؟ ކަލޭ ގޯތި މީހުންނާއި ޢާއިލާގެ މީހުން ކަލޯމެންނަށް ޘަނާ ކިޔަސް ރަށުގެ އެހެން މީހުން ކަލޯމެންނަށް ތަޢުރީފު ކުރާނޭ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. މިހާރު ރައްޔިތުން ތިބީ ތި ބައިގަނޑުދެކެ ފޫހިވެ ރާޑި އަރާފައެވެ. ޤަބޫލު ކުރިޔަސް ނުކުރިޔަސް ީޙަޤީޤަތެވެ
ވާހަކައެއް ބުނަން ހެއްޔެވެ.؟ ތިކަހަލަ ހިއްވަރެއް ނެތް މީހުންނަށް ތިފަދަ ވަޒީފާތަކުގައި ތިބުން މިހާރު ނިކަން ދަތިވާނެއެވެ. ތިމާގެ ނެގަޓިވް ޕޮއިންޓެއް ފާހަގަކޮށް ނުވަތަ ތިމާކުރާ ކަމަކާ ފާޑެއް ކިޔަސް ތިމާމީހާޔަށް ކެތްވާވަރު ކަމަކަށް ނުވާނެއެވެ
އެ ސައިޓްގެ އެޑްރެސް ގައިވާހެން މާއުނދަގޫ ސައިޓް ހަދައިގެން ބަޔަކަށް މާއުނދަގޫ ވެއްޖެ ދޯ އެވެ.؟
އިރާދަ ކުރެއްވިއްޔާ މި ސިލްސިލާ މި ސައިޓުގާ ކުރިޔަށް ގެންދެވޭނެ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަން

4 ޚިޔާލު:
އެބަ ރަނގަޅުވޭ
May 22, 2007 at 8:58 AM
bunantha ragalhu vaahakaeh. thiya site ah email jahaigen vadhevey gothah hedhee keekey hithaa tha. thi kameh nuvaane. rashutherein ehen kamakaa ulhey. site meehunah dhakkan beynumiyya jeheynee beynun meehakah vadhevey gothah baindhan. ehen noonee site uvaalaa. goreh nuhen'deyne. goru nuhen'di jiyya vaanee bayyakah. heevegen thi thelhenee keekey kamah tha. school ge comp. benunkoggen beynunhaa kulhivareh nukulheveyne. adhi mithibee furihama baarugaey. verikamey, foohiveyey kiyaala kiyaala jeheynee thiben. thiya phonu site aa misite aa dhen oiy un'dhagoo site ves hingaa meehun dhannamey. hithun thithibee varah filaa kamah tha. vaguthee p.teachregge vazeefaa libuneema hiy aasumaanah eree tha. namah dhandhen liyelafaanamey. mi fasgan'duga adhi jeheynee aharemen hedhi gotheh hedhigen thiben. balaalaanamey thi gothah school ge comp. beynun kurevey thoa.
May 23, 2007 at 11:57 AM
fhoto galary look very nice, good work keep it up ,we r apriciate ur hard work
May 24, 2007 at 8:31 AM
saabahey. saabahey. thigothugai kuriyadhdhey. adhi iburahim saleem jeheynee hama in'gili boan. kon school teacharehge vaahakatha eothee e bunedheefaanantha. iburahim saleem saitah bolheh. alhugan'dakeeves school dhanna meeheh alhugan'dah ingifaivaagothugai schoolgai netge hidhumaiy libenee hama ekani hedey golhiyah. by hussain
May 25, 2007 at 12:22 PM
Post a Comment
<< Home