11.1.08

ގއ. އަތޮޅުގެ ހާލަތު ގޯހަށް- އަތޮޅުވެރިޔާ ޚިޔާނާތްތެރިންނަށް ޕްރޮމޯޝަންދެނީ




އަތޮޅު އޮފީހުގެ އިންވެސްޓިގޭޓަރ ގެ މަގާމުގައި ހުރި ގެމަނަފުށީ އަބްދުލް ހަމީދު ނާސިރުއަށް ގއ. އަތޮޅު އޮފީހުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމް ހަމަޖެއްސުމަށް އަތޮޅުވެރިޔާ އަލީ ސަލީމް ސިއްރުން މަސައްކަތް އެބަ ކުރައްވައެވެ. އެންމެ ފަހުން ޚަބަރު ލިބުނު ގޮތުން ވަޒީފާއަށް ދެންނެވުމަށް އެޓޮލްސް މިނިސްޓްރީން ސިޓީ ރައީސް އޮފީހަށް ފޮނުވުމުގައި މަގުމަތީގައެވެ. ގެމަނަފުށީ ނާސިރުއަކީ މުޅި އަތޮޅުގައިވެސް ހުރި އެންމެ ބޮޑަށް ކޮރަޕްޓްވެފައިވާ އަދި އެންމެ ބޮޑު ޚިޔާނާތްތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މީނާ ދެކެ އަތޮޅުގެ ވަރަށްގިނަ ރައްޔިތުން ނަފުރަތު ކުރެއެވެ. މީނާގެ ޅިޔަނު ގެމަނަފުށީ ބޮޑުކަތީބު ނިޒާމް ފިޔަވައި މީނާދެކެ މިއަތޮޅުގެ ހުރިހާ ކަތީބުން ނަފުރަތު ކުރެއެވެ. އެންމެ ފަހުން އަތޮޅު އޮފީހުގައި ބޭއްވުނު ރަށްރަށުގެ ވެރިންގެ ބައްދަލުވުުގައިވެސް ގއ. އަތޮޅު އޮފީސް ތެރެއިން ނާސިރު ބޭރުކޮށްލުމަށް ރަށްރަށުގެ ވެރިން ސަލީމަށް ދެންނެވިއެވެ.

ނާސިރުއަށް ބައިއަތު ހިފާފައިވާ ނުވަތަ ރިޝްވަތު ނެގިފައިވާ ކިތައް އަހަރުވީ ކިތައް މައްސަލަތޯ އަތޮޅު އޮފީހުގެ ތަހުގީގު ސެކްޝަނުގައި ރަޖާއަޅާ ފޮރުވާފައި އަދިވެސް އެހެރ؟ މީގެ އިތުރަށް މިއަތޮޅުގެ މަސްލަހަތު ގެއްލެމުންދާ ގިނަ ބޮޑެތި މައްސަލަތައް މިހާރުވެސް ހުރީ އަތޮޅު އޮފީހުގެ ތަހުގީގު ސެކްޝަނުގައި ފޮރުވާފައި ބަހައްޓާފައެވެ. ނާސިރު ރަނގަަޅަށް ކުރައްވާ ހަމައެކަނި ކަމަކީ އަތޮޅުވެރިޔާ ސަލީމަށް މަސްދަތުރު ތައްޔާރު ކުރުމެވެ.

ކިތައް މައްސަލަ ރިޝްވަތު ލިބޭގޮތަށް ލަސްކޮށްގެން ނާސިރު އެބައުޅޭތޯއެވެ؟ ޅަ ފިރިހެން ކުދިންނާއެކު އެއްޖިންސްގެ ގުޅުން ހިންގާ ކޮލަމާފުށީ މުހުސިންގެ އެ މައްސަލަތައް ނާސިރު 4 އަހަރު ދުވަސް ވަންދެން މޭޒުގެ ވަތްގަނޑުގައި ބާއްވައިގެން މުހުސިން އަތުން އެތަކެއް ތަކެއްޗާއި ފައިސާ މި މުއްދަތުގެ ތެރޭގައި ހޯދިއެވެ. ނާސިރުގެ ގޭގެ ޚަރަދުތައް ބަލަހައްޓަމުން ދިޔައީ މުހުސިން އެވެ. އަތޮޅު އޮފީހުގެ ކުރިމަތީގައި އެހެރަ އެވަރބްރައިޓް ސްޓޯރުގެ ވެރިޔާ އަބްދުއްރައްޒާގަށް މުހުސިން އަންގާފައި އޮންނަނީ ނާސިރު ބޭނުންވާ އެއްޗެއް ފިހާރައިން ދޫކުރުމަށެވެ. އަދި ފައިސާ ބޭނުންވެއްޖެ ހިނދެއްގައި ފައިސާވެސް ލިބޭގޮތަށެެވެ. މިއީ ހަގީގަތެކެވެ. ރައްޒާގު ކުރެން އައްސަވާ ބައްލަވާށެވެ. ނިލަންދޫ ހަސަންފުތު ގެ އަންހެނުންގެ މައްސަލަ ނިންމާލީ ކިހިނެއްތޯއެވެ؟ ހަސަންފުތު ނާސިރުގެ ގެ ރާނަން ގެނައި ވެލި ދޯންޏެކެވެ. މައްސަލަ އެހާ ހިސާބުން އޮއްބާލީއެވެ. ނިލަންދޫ ޒަމާލިކް އަބްދުލް އަޒީޒު (ރާއްޖެތެރޭގެ ޚާއްސަ އެހީތެރިޔާ) ކޮނޑޭ އޮފީހާއި ހަވާލުވެ ހުންނެވި ދުވަސްވަރު ކޮނޑޭ އޮފީހުގެ ތިޖޫރިން އެތަކެއް ހާސް ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލަ ނާސިރު އޮއްބާލީ އަބްދުލް އަޒީޒު ނާސިރު މިހާރު އެހުންނަވާ ސިރިޔާޒު ގޭގެ ފުރާޅުގައި ޖެހުމަށް ޓިނު ދިނުމުންނެވެ. އެ މައްސަލަ މިއަދާއި ހަމަޔަށް ވީ ނުވީއެއް ނޭގެއެވެ. ދާދިފަހުން ދާންދޫ ސޯސަންގެ އިސްމާއީލް އަހުމަދު ކަނޑުގައި ދުއްވާ އުޅަނދުގެ ލައިސަންސް އަށް އެދި ހުށަހެޅުމުން ތިޔަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓްވެސް ނަހައްދައި އޭނާ ރަށުގައި ބަހައްޓަައިގެން ރިޝްވަތު ހިފައިގެން ނާސިރު އޭނާއަށް ލައިސަންސް ދިނެވެ. ދިން އިރުވެސް ދެވުނީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސެެވެ. މިހިރީ މީނާގެ ހާލަތު ހުރިގޮތެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ޚިޔާނާތާއި މަކަރާއި ހީލަތެވެ. އަތޮޅުވެރިޔާ އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ނާސިރު އަތޮޅުވެރިޔާގެ އަރިހުގައި ހިންގަވާފައި ދާއިރު ރަށްރަށުގެ ރައްޔިތުން ނާސިރުއަށް ވަގަށް އެހެރަ ގޮވަމުން ދަނީއެވެ. ދެރަކަމަކީ މިވަރުވެސް މިހާރު ހުރި އަތޮޅުވެރިޔާ ސަލީމަށް ނުވިސްނޭ ކަމެވެ.

ގެމަނަފުށީ ނާސިރުއަށް ގއ. އަތޮޅު އޮފީހުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމް ހަމަޖައްސައިފިނަމަ މުޅި އަތޮޅުގައި ހުޅު ރޯވެގެން ދާނެކަމުގައި ގަބޫލު ކުރެވެއެވެ. ސަރުކާރުގެ އަގު އަތޮޅުގެ ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ ކުރިމަތީގައި ގެއްލި މުޅި އަތޮޅުގައި ހަމަނުޖެހުން އުފެދިގެން ދާނެއެވެ. އަދިވެސް ސަރުކާރުން ޚިޔާނާތްތެރިންނަށް ހިތްވަރު ދިނުމުގެ ސިޔާސަތު ގެންގުޅެނީ ހެއްޔެވެ؟ މިގޮތަށް ކަންތައް ކުރާނަމަ ގައުމު އިސްލާހެއް ނުވާނެއެވެ.

ގއ. އަތޮޅުގެ ހާލަތު ދުވަހެއް ދުވަހަށް ދަނީ ގޯސްވަމުންނެވެ. އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ އިތުރު ކުރުމަށް ގަނެވުނު އަތޮޅު ކޮމިޓީގެ ލޯންޗް ގެ ފައިސާއިން އެތަކެއް ހާސް ރުފިޔާއިން 2007 ވަނަ އަހަރު ޚިޔާނާތްތެރިވެ އެންޓިކޮރަޕްޝަން ބޯޑުން އެމައްސަލަތައް ބައްލަވާ އެކަން ސާބިތުވެ އަތޮޅުވެރިޔާ އަލީ ސަލީމަށް އެކަމުގައި ޚިޔާނާތްތެރި ވެފައިވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެތަކެއް ފަހަރުމަތީން އަންގާފައެވެ. މީގެތެރެއިން ލޯންޗްގެ އިދާރީ މަސައްކަތް ކުރައްވާ އަތޮޅު އޮފީހުގެ ސެކްރެޓަރީ މަސްއޫދު އަހުމަދު 10000 ރުފިޔާއަށް ޚިޔާނާތްތެރި ވެފައިވާކަން ކޮރަޕްޝަން ބޯޑުން ސާބިތު ކޮށްދީފައި ވެއެވެ. ލޯންޗު ޑްރައިވަރ ޚިޔާނާތްތެރިވެފައިވާ މިންވަރު ގުނާ އަދަދު ނުކުރެވެއެވެ. ނަމަވެސް މިހާތަނަށް އަތޮޅުވެރިޔާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވެއެވެ. މިހާރުވެސް މައުލޫމާތު ލިބޭގޮތުން އަދިވެސް ލޯންޗުގެ ތެލުންނާއި ޓިކެޓްގެ އެތަކެއްހާސް ރުފިޔާއިން ޚިޔާނާތްތެރި ވަމުން އެހެރަ ދަނީއެވެ. އަދިވެސް އެފަދަ ޚިޔާނާތްތެރިންނަށް ޕްރޮމޯޝަން ދެއްވޭތޯ ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަތޮޅުގެ ތަރައްގީއާއި މެދު މާ ބޮޑު ވިސްނުމެއް ނެތެވެ.

ޚަބަރުތައް
ކުރީގެ ޚަބަރުތައް
ލިންކުތައް
ފޮޓޯ