އަތޮޅުވެރިޔާއަށް ތާއިދެއް ނެތ
މީގެ އަހަރެއްހާ ދުވަސް ކުރިން ގއ. އަތޮޅުގެ އަތޮޅުވެރިކަމާއި ހަވާލުވި އަލްފާޟިލު އަލީ ސަލީމަށް އަތޮޅުގެ ރަށްރަށުގައި އެއްވެސް ތާއީދެއް ނެތްކަމަށް ފެންނަ މަންޒަރުތަކުންް ދައްކައިފިއެވެ. އަތޮޅުވެރިޔާ މިއަތޮޅަށް 2007 ވަނަ އަހަރުގެ ޖުލައި މަހުގެ މެދުތެރޭގައި ވަޑައިގަތްއިރު ކުރެއްވި ވައުދުތަކާއި ފޮނި ބަސްތަކުން ރައްޔިތުން ތިބީ ވަރަށް އުންމީދުގައެވެ. ނަމަވެސް މިފަހަކަށް އައިސް މަންޒަރު ބަދަލުވެ މަސްރަހު ބަނަ ވެއްޖެއެވެ.
އާނއެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ގއ. ގެމަނަފުށީގައި އިމާރާތްކުރެވުނު ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށް އަތޮޅުވެރިޔާއަށް ދައުވަތު ދެއްވާފައިވާކަން އެރަށުގެ ރައްޔިތުންނަށް އެނގުމުން އެފަރާތުން ވަނީ އަތޮޅުވެރިޔާ އެރަސްމިއްޔާތުގައި ބައިވެރި ނުކުރުމަށާއި އަދި އަތޮޅުވެރިޔާ ލައްވައި އެތަން ހުޅުވައިގެން ނުވާނެ ކަމަށް ވިލިނގިލީގައިވާ ފުލުހުންގެ މަރުކަޒުގައި އެދިފައެވެ.
އަތޮޅުވެރިޔާ އެންމެ ފަހުން ދެއްވަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކަނޑިއްމައަށް ނުވަދެވޭނެހެން ވަނީ ވާފުރައި ނެރު ބަންދުކޮށްފައެވެ. ކުރިން ސީނިއަރ މިނިސްޓަރ އަބްދުއްﷲ ހަމީދު ވަޑައިގަތް ފަހަރުވެސް ކަންތައް ކުރި ގޮތަށެވެ. މާނައަކީ އެރަށަށް އަރައިވަޑައިގެން ނުވާނެއެވެ. އެރަށުގައި ތާއީދެއް ނެތެވެ.
އަތޮޅުވެރިޔާ މާމެންދޫއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެރަށުންވެސް އިސްތިއުފާގެ މަރުހަބާއަކާއި ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ގިނަ އަދަދެއްގެ އާންމުން ފޮތިގަނޑުތަކުގައި ލިޔެ އިސްތިއުފާއަށް ވަނީ ގޮވައިފައެވެ. ހަމަ މިގޮތަށް ދާންދޫއަށް ކުރެއްވި ދަތުރުފުޅުގައިވެސް ޖެހުނީ މިފަދަ ހާލެކެވެ. މިރަށުންވެސް އިސްތިއުފާއަށް ގޮވިއެވެ. އަދި ނުކުރެވި ލަސްވަމުންދާ ކަންތައްތަކާއި ކުރެއްވޭނެ ކަމަށް ކުރިން ހަމަޖެހި މިހާރު ފެއިލް ވެފައިވާާކަންތައް ތަކުގެ މަތިން މުތާލިޔާވެސް ކުރެވުނެވެ. މިއީ އަތޮޅުގައި ދެވަނައަށް އާބާދީ ބޮޑު ރަށެވެ.
ދެން އޮޮތީ ހުޅަނގު ބިތުގެ އަބާދީ ބޮޑުރަށް ކޮލަމާފުއްޓެވެ. ހީވަނީ ކިހިނެތް ވާާނެހެން ހެއްޔެވެ. މިރަށުންވެސް ކަންތައް ވެގެން ދިޔައީ ހަމަ ކުރިން ދެންނެވުނު މޭރުމުން އެހެން ރަށްތަކެކޭ ވެސް އެއްގޮތަށް އިސްތިއުފާއާއި ނުފެށުނުތާނގައި ފެއިލްވެފައިވާ ކަންތައްތަކުގެ ވާހަކައެވެ.
އަތޮޅު ތެރޭގެ ރަށްތައް މިހެން ހުރި އިރު އަތޮޅުވެރިންގެ ގަނޑުވަރު ހުންނަ ރަށުގެ ހާލަކީ ކޮބައިތޯއެވެ. ހަމަ ކުރިން ދެންނެވުނު ރަށްތަކެކޭ ވެސް އެއްފަދައިން މިރަށުގެ ވެސް ހާލަކީ މިއެވެ. އިސްތިއުފާގެ ފޮތިގަނޑު ދަމައި އެއްވުން ތަކެއް ނުބޭއްވި ކަމުގައި ވިޔަސް ވަކިވަކި ފަރުދުންނާއި އެކި ގްރޫޕްތަކުން ބައްދަލުކޮށް މިކަންތަކުގެ މަތިން އަބަދުވެސް އަންނަނީ ހަނދާން ކޮށްދެމުންނެވެ.
ތެދު ދެތަށް ދަންނަވާ ކަމުގައި ވަނީ ނަމަ އެހެން ރަށްރަށެކޭވެސް އެއްފަދައިން މިރަށުގައިވެސް އަތޮޅުވެރިޔާއަށް އެއްވެސް ތާއީދެއް ނެތެވެ. މިކަން އެންމެ ބޮޑަށް ހާމަ ވެގެން ދިޔައީ އެންމެފަހުން އަތޮޅުވެރިޔާ ވިލިނގިލީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭނުންވާ ކަމަށް އަޑުގަދަކުރާއިން ގޮވައި ބައްދަލުވުން ބޭއްވުމަށް 3 ރޭ މަތިން މަސައްކަތް ކުރުމުންވެސް އެޖަލްސާއަށް ހާޟިރުވެފައި ވަނީ ވިލިނގިލީ އޮފީހާއި އަތޮޅު އޮފީހުގެ "މަދު މުވައްޒަފުން" ކޮޅެކެވެ.
މީހަކަށް ބައެއްގެ ތާއީދެއް ނެތޭ ކިޔައިފައި ލިޔުމަކީ އަދި ހައްލެއް ނޫން ކަމުގައި ވާތީ މިކަމުގެ މަސްދަރު ލިޔެލާނަމެވެ. ހަގީގަތުގައި މިހާ ހިސާބަށް ކަންތައް ދިއުމުގައި އޮތީ އަތޮޅުވެރިޔާގެ އިހްމާލެވެ. އެހެނީ ވިލިގިއްޔާއި އަތޮޅުގެ ރަށްރަށަށް ކުރިން ހަމަޖެހި ނުފެށިފައިވާ ގިނަ ކަންތައްތައް ވަނީ އަތުން ބީވެގެން ގޮސްފައެވެ. ތަރައްގީގައި ކުރިޔަށް އެޅެން އޮތް ފިޔަވަޅެއް ކުރިޔަށް ނޭޅުމަކީ އަތޮޅުގެ ގިނަ ރައްޔިތުން ރުޅިއަންނަން ޖެހުނު އެއް ސަބަބެވެ.
ދެން އޮތީ މިހޭދަވި އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވައިފައި ނެތުމެވެ. މާނައަކީ ރައްޔިތުންގެ އަޑު އައްސަވައިފައި ނެތުމެވެ. އަޑު އައްސަވައިފައި ވަނީ ސިޔާސީ ބޭފުޅުންގެ ސިޔާސީ ހިކުމަތެވެ. މިކަމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމަކަށް ނުވާތީ މިކަމުން ދޭތެރެ ރަނގަޅަށް ދުރުވީއެވެ.
އަތޮޅުވެރިޔާ ފުރަތަމަ ފަހަރަށް އަތޮޅަށް ވަޑައިގަތުމުން އަތޮޅުގެ ރައްޔިތުން ވަރަށް ފޮނި އުންމީދާއި އެކު މަރުހަބާކީ އަތޮޅު ތަރައްގީގެ ދުވެލީގައި އިތުރު ގިޔަރެއްލައި ސްޕީޑް ބާރު ކުރެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ. އެކަމަކު އަތޮޅުވެރިޔާ ވެލެއްވީ ސިޔާސީ ބޭފުޅަކަށެވެ. އަދި ޑީއާރޕީގެ ކެމްޕެއިންގެ މޭސްތިރިއަކަށް ވެލެއްވިއެވެ. މިކެމްޕެއިންގައި އަތޮޅުގެ ތަރައްގީއަށް ރޭފިފައި ހުރި ޕްރޮޖެކްޓްތަކުގެ މަތިން ހަނދާންނެތި ކޮށްލެއްވީއެވެ. ނަތީއްޖާއަކަށްވީ ކުރީގެ އަތޮޅުވެރިޔާގެ ދައުރުގައި ހަމަޖެހި ނުފެށި ހުރި ގިނަ ޕްރޮޖެޓްތައް އަތުން ދޫވެ އެފުރުސަތުތައް ގެއްލިގެން ދިއުމެވެ.

3 ޚިޔާލު:
gaaf alif atoll meehunnah aly salymakee kaakukan neygunas maaugoodhoo ge rahyitunnaa sh.atollge hurihaamen e ee kaakukan rangalhah dannaane,eynaayah e vazeefaa libuneeves siyaasee vegen goteh foteh neti rahyitunge hahgutakah aran feshumun.ingeyne fadain misarukaarakee hiyaanai terin promot kuraa sarukaareh.ey naa ah evazeefaa libunee sh.atoll member mohamed hussainge baaraa nufuzun,adi kureege sh.atoll atoll veriyaa musaaramyzge nufuzun.emeehun beynunvee musaarameez atoll member kamah hovan ekan kurumuga mi aly salym varah hadimududaaru kantah takeh kohfa ebahuri.mibunaa moosaa rameezakeeves sh atoll veriyakah huri iru hiyaanaatuge mahsalaehga atollge meehunaa haasakoh komandoo meehunaa jehigen den badalu kuree fuah mulakah ,etanun fahsaaleema baa atollah ,etanun hiyaanai terivegen,promote kuree atoll ministryah.ti aly saleemakee mibunaa moosaa ramyz geyga huregen komandoo kiyevi meeheheh.ehen gotakah bunaanama moosaa ramyzge darivareh.ladeh hayaateh nuhunnaane laari libeyaa konmekamehves kohfaane e aailaage konme meehakuves.meehunge ley boakahves faheh nujeheyne.veemaa DRP promote kuraavaahaka hiyaa naatuge vaahaka,rahyitunge hahgah araa vaahaka liunakas eynakah adi mi sarukaarakah ekeh chakeyves heenuvaane.ehenee mi sarukaarah beynunvanee efada hiyaanai terin
July 29, 2008 at 9:36 AM
ދޮން ކަލޯ. ހާދަ ކެމެއް ނެތޭ މިހާރު. ކައިރީ ގެންގުޅުން ބޯއީތައް ވައިވީ ދޯ. އެހެންނުވާނީ ހުރިހާކަމެއް ކުރުވަން ތެޅެނީ އަތްނުލާ އައްދޮ ކިޔާ އުސޫލުން އެންމެން ވާވައްދައިގެން
August 10, 2008 at 8:17 AM
ދޮން ކަލޯ. ހާދަ ކެމެއް ނެތޭ މިހާރު. ކައިރީ ގެންގުޅުން ބޯއީތައް ވައިވީ ދޯ. އެހެންނުވާނީ ހުރިހާކަމެއް ކުރުވަން ތެޅެނީ އަތްނުލާ އައްދޮ ކިޔާ އުސޫލުން އެންމެން ވާވައްދައިގެން
August 10, 2008 at 8:17 AM
Post a Comment
<< Home