15.8.07

ތަޖުރިބާ އަށް ބައްލަވާށެވެ. ވިހި ހާސް ރުފިޔާއަށް ނުވިކޭށެވެ

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަށް ޤައުމު، އާދެ، ޖީ އަށެއްގެ ޤައުމުތަކުގެ ތެރެއިން ރިޔާސީ ނިޒާމު އޮންނަނީ ދެ ޤައުމުގައެވެ. އަނެއް ހަ ޤައުމުގައި އޮންނަނީ ބަރުލަމާނީ ނިޒާމެވެ

ދުނިޔޭގެ އެންމެ މުއްސަދި ފަސްދޮޅަސް ޤައުމުގެ ތެރެއިން ފަންސާސް އެއް ޤައުމުގައި އޮންނަނީ ބަރުލަމާނީ ނިޒާމެވެ. ރިޔާސީ ނިޒާމު އޮންނަނީ އެންމެ ނުވަ ޤައުމުގައެވެ

ދުނިޔޭގެ އެންމެ ފަޤީރު ފަސްދޮޅަސް ޤައުމުގެ ތެރެއިން ފަންސާސް ދެ ޤައުމުގައި އޮންނަނީ ރިޔާސީ ނިޒާމެވެ. ބަރުލަމާނީ އޮންނަނީ އަށް ޤައުމުގައެވެ

ދުނިޔޭގައި ކޮރަޕްޝަން އެންމެ ގިނަ ތިރީސް ޤައުމުގެ ތެރެއިން ފަންސަވީސް ޤަރުމުގައި އޮންނަނީ ރިޔާސީ ނިޒާމެވެ. ފަސް ޤައުމުގައި ބަރުލަމާނީއެވެ

ރިޔާސީ ބަރުލަމާނީ ބައްރު (ކޮންޓިނެންޓު )
6 42 ޔޫރަޕު
37 4 އެފްރިކާ

މި ތަފާތު ހިސާބުތަކުން ހުރިހާކަމެއް މިއޮތީ ފެންނާށެވެ. މޮޅީ ކޮންނިޒާމެއްކަމާމެދު ޝައްކުކުރެވޭކަށް ޖާގައެއް ނެތެވެ

އަނިޔާވެރިންގެ މަޅީގައި ނުޖެހި ސަލާމަތްވަމާތޯއެވެ؟

އަޅުގަނޑުމެންގެ މިޒުވާން ޖީލު ހަލާކޮއްލި ބަޔަކު މިހާރު ވަކި އަހަރެމެންނަށް ހެޔޮ އެދޭނެ ހެއްޔެވެ؟

ވިހި ހާސް ރުފިޔާ އަކީ ދެދުވަހުގެ ކަމެކެވެ. މި ވޯޓުގެ އަސަރު އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ވެސްކުރާނެއެވެ

އިންޖީނުލީ ؟؟؟

އައްސަލާމް ޢަލައިކުމް ވަޢަލައިކުމް ސަލާމް

ދަންނައެ. މާއުނގޫދޫ ގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމާއި ބެހޭ ގޮތުން އެއްޗެއް ނުދަންނަވާ ނުހުރެވިގެން އެއްޗެއް ދަންނަވާނަމޭ ހިތާ ލިޔަންފެށީމެވެ

ދޮން އާދަނު ސައިކަލު ދުއްވަނީ ލައިސަންސް އޮވެގެން ބާވައެވެ.؟ އާނ ފަހެ، މީނާގެ ދަރިންވެސް ހެސްކިޔާފައި ރަށުތެރޭގައި އެ ބަރަވެލިގަނޑު ދުއްވާ ނަގައެވެ. ދެން ފަހެ ރަޝީދުބޭ ސައިކަލު ދުއްވަނީ ލައިސަންސް ނަގައިގެންހެއްޔެވެ؟ ލޮނު އިބްރާހިމާއި އޭނާގެ ދަރިން ސައިކަލު ދުއްވަނީ ލައިސަންސް އޮވެގެން ހެއްޔެވެ؟ ހަންޑި ޒާހިރުއާ ކަޅުކަތީބާ ސޮލާހު އާ އިބްރާހީމް ސަލީމު ސައިކްލު ދުއްވަނީ ލައިސަންސް ނަގައިގެން ހެއްޔެވެ؟ ސޯބިރާ ހުރިހާ ފިރިހެން ދަރިން ސައިކަލުދުއްވަނީ ކޮންތާކުން ލައިސަންސް ނަގައިގެން ހެއްޔެވެ؟ މުއުމިނާ މުހައްމަދު ސައިކަލު ދުއްވަނީ ކޮންތާކުން ދިން ލައިސަންސެއް އޮވެގެންހެއްޔެވެ؟ ހަނީފު އާ ގަބޯ އަދި ގަބޯގެ ހުރިހާ ދަރިން ސައިކަލު ދުއްވަނީ ކޮންތާކުން ލައިސަންސް ދީގެން ބާވައެވެ؟ ކަތްދަ ޢަލީ ސައިކަލު ދުއްވަނީ ލޮނޭ ދިން ލައިސަންސަކަށް ހެއްޔެވެ؟ ދޮންފުތު މުޙައްމަދު ސައިކަލު ދުއްވަނީ ކާކު ލައިސަންސް ދީގެން ހެއްޔެވެ؟ އެއްކަލަ ޢަލީ ވަހީދު ޑަންޕަރެކޭ ކިޔާފަ ބޮޑު ސިންގާ ކަނޑުގެރިއެއްކަހަލަ އެއްޗެއް މުޅި ހުރިހާ މަގެއްގައި އެ ދުއްވާނަގަނީ ބޮޑު ކަތީބު ދިން ލައިސަންސަކަށްހެއްޔެވެ؟ ނޫނީ ބޮޑު ކަތީބު ގޯތި ގިފިލިތެރޭން ދިން ލައިސަންސަކުން ހެއްޔެވެ؟ އާ ފަހެ، އާދަމް ސަޢީދު އޭތި ގަނޑު ދުއްވިޔަ ނުދީ، އޭއްޗެއްކޭ މީއްޗެކޭ ކިޔައިގެން އެ ސޮރު އެ ދުއްވިޔަކަ ނުދިނެވެ. ލައިސަންސް ނެތި އާދަނު ޑަންޕަރު ދުއްވަނިއްޔޭ ކިޔައިގެން އަދި ޤަވައިދާ ޚިލާފަށް ބިދޭސީން ގެނެސްގެން މަސައްކަތް ކުރުވަނިއްޔޭ ކިޔައިގެން ރަށު އޮފީހަށް އެތައްފަހަރަކު ގެންދިޔައެވެ. އެކަމަކު ހަމަ މިދުވަސްވަރު ބޮޑު ކަތީބު ގޯތި ހެދީ ބިދޭސީން ޤަވައިދާ ޚިލާފަށްގެނެސްގެންނެވެ. ކަމަނަ އާދަނު ގޯތިން ބައެއް ބޮޑުކަތީބު ގޯއްޗައްހިފާ، ގެ ބޮޑު ކުރީ ބޮޑު ކަތީބު ދެފައިދޭތެރޭން ހޯދި ހުއްދައިން ގެނައި ބިދޭސީން ލައްވައެވެ. މީ ހަމަތެދެވެ. އިބްރާހީމް ސަލީމުވެސް މިކަމަށް ހެކިވާނެއެވެ. ޅައިމަގު އައިމިނާފުޅު ކަނޑިކި ދަށް ވެސް މިކަމަށް ވަތަވައްސިވާނެއެވެ

މި ލިޔަނީ ހަމަ ފިސާރިތެދެކެވެ. ފުރަތަމަ ފަހަރަށް މާއުނގޫދޫގައި ޤަވާއިދާ ޚިލާފަށް ސައިކަލު ދުއްވީ ބޮޑު ކަތީބު މުހައްމަދު ޒަކަރިއްޔާގެ ދަރިންނެވެ. އޭގެ ފަހުގައި އެހެން މީހުންވެސް ދުއްވީއެވެ. މިހާރު މިއޮތީ ވާނެ އެތި ވެފައެވެ. ރަށުގައި އުފެދޭ މިފަދަ ޤަވާޢިދާ ޚިލާފު ޢަމަލުތައް އުފައްދަނީ އަދި އުފެދިގެން އަންނަނީވެސް ޅައިމަގު އައިމިނާފުޅު ކަނޑިކިދަށުންނެވެ. އިބްރާހީމް ސަލީމް ކަލޭ ރުޅި ނާންނާށެވެ. ރުޅިއަޔަސް ކުރެވޭނެކަމެއްވެސް ނޯންނާނެއެވެ. ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުން ހުއްޓުމަކަށްވެސް ނުގެނެވޭނެއެވެ. މީ ރާއްޖެތެރެވިއްޔާއެވެ. ރާއްޖެތެރޭ ރަށްރަށުގައި ސަރުކާރުގެ އެކި އެކި މުއައްސަސާ ތަކާ އަމާސަސާތައް ހަދާ އެކިވަރުގެ ވެރިން އެތަންތަނަށްލައި އެއްޗެއް ނޭގުނަސް ބޮޑު މުސާރަ ދީފައި ބައިތިއްބާފައި އެތިބީ ރަށުގެ ޢާއްމު ރައްޔިތުންނަށް ފައިދާ އާއި މަންފާ ހޯދައިދީ ރަށުގައި ޞުލްޙަ މަސަލަސްކަން ޤާއިމު ކުރާކަށް ނޫނެވެ. މަޤާމުގެ ބާރާ ނުފޫޒު ފޯރުވައިގެން އަމިއްލަ ބޮނޑި ބޮޑުކުރާށެވެ. އަދި އެއްވެސް ޤަވައިދަކަށް ނުބަލައި ކޮންމެވެސް ވިޔަފާރިއެއް ހިންގޭތޯ މި މީހުން ބަލާނެއެވެ. އަދި ނުވިތާކަށް ލިބޭ ފުރުޞަތުތަކުގައި ރައްޔިތުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ނަންނަމުގައި އަތޮޅު މެންބަރުންނާ މާލޭގެ ބޮޑެތި ވިޔަފާރިވެރިންގެ އަތުން އެހީ ހޯދާ، އެ ފައިސާއިން މަދު މިންވަރެއް ރަށުގައި ތިބޭ އަޑުގަދަ، ނުފޫޒުގަދަ ބަނޑުފަލަ މީހުންނަށް ރިޝްވަތުދީ ބައި ބޮޑު ކުރުމެވެ

ޝުކުރިއްޔާ! އިބްރާހީމް ސަލީމް

5.8.07

ކޮމިޔުނިޓީ ޕަވަރހައުސް

ކޮމިޔުނިޓީ ޕަވަރހައުސް ވޭތިވެދިޔަ ޖުލައިމަހު ރައްޔިތުންނަށް ނޭނގި ކަރަންޓް އެތައް ފަހަރެއްގެ މަތިން ރައްޔިތުންގެ އިންޖީނުގެއިން ކަނޑާލާފާވެއެވެ. މިއުޅެނީ ރައްޔިތުންނަށް ނޭނގި ކަރަންޓް ކަނޑާލާ ވާހަކަ ލިޔާކަށް ނޫނެވެ. މިއުޅެނީ ރައްޔިތުންގެ އިންޖީނުގެއަށް މީހުން ހޮވާ ވާހަކަ ދައްކާށެވެ

އުނިމާ މުނީޒުގެ ބަދަލުގައި ޢަލީ ޝަހީމް (އައްކާ ކާޅު) އެތަނަށް ނެގީ ދޮން އާދަނު (އެއްކަލަ ޒުހުރާ ފިރިސޮރު) މާ ގަޔާވާ މީހަކަށް ވާތީއެވެ. ދެން ކާޅު އެތަނުން ކެނޑުނީމަ ކަތްދަ ޢަލީ ނެނގީ ޙުސައިން ރަޝީދު (ބޯކޮށާ) މާ ގަޔާވާ މީހަކަށް ވާތީއެވެ. މީ ޙަޤީގަތެވެ. ނަމަވެސް ކާޅާ ކަތްދަ އައްޔާ ދެމީހުންވެސް ކެނޑުނީއެވެ. ދެމަސް ދުވަސް ވަންދެންވެސް ވަޒީފާގާ ނުތިބެވުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މުސާރަ މާ ކުޑައީ އެވެ. މަހަކު ފަނަރަސަތޭކަ ރުފިޔާއަށް، ދުވާލަކު އަށްގަޑިއިރު މީހަކު ޑިއުޓީ އަދާ ކުރާނެހެއްޔެވެ؟ ދޮން އާދަނަށް ދޭ މުސާރަ އެހެން މީހުންނަށްވެސް ދޭށެވެ. ދޮން އާދަނަށް މަހަކު ދެހާސް ފައްސަތޭކަ ރުފިޔާ ދީފަ އެހެން މީހުންނަށް މަހަކު ފަނަރަސަތޭކަ ދިނުން އެއީ އެއްގޮތަކަށްވެސް ހަމަޖެހޭ އުޞޫލެއް ނޫނެވެ. އެހެން މި ބުނަނީ ކޮންމެ މީހެއްގެވެސް މަސްޢޫލިއްޔަތު އެއްވަރުކަމަށްވާތީއެވެ. ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދިނުމުން ދޭ ވަކި އެލަވަންސެއް ދިނުން އެއީ މައްސަލައެއް ނޫނެވެ. މިހާރު ހުސްވެފައިވާ މަޤާމަށް މީހަކުނުލެވި މާގިނަދުވަސް މިވަނީ ދޮން އާދަނު ހިތާވާ މީހަކު އިންޖީނުގެއަށް ނަގަން ވެގެންނެވެ. މީ ހަމަ ތެދެކެވެ. ރުޅި ނާންނާށެވެ. އިޢުލާނު ކުރުމެއްނެތި ހުސްވެފައިވާ މަޤާމަށް ނަގަން އުޅެނީ އެއްކަލަ ގޯނބުލިފުޅިއެވެ. މީ ދޮން އާދަނު މާ ގަޔާވާ މީހެކެވެ. ގަބޯއަށް (ޙުސައިން މޫސާ) އިންޖީނުގޭގައި ނޫޅެވުނީ މި ގޯނބުލިފުޅި އާ ދޮން އާދަނުގެ ބަލާ ބޮޑުކަމުންނެވެ. މި ދުވަސްވަރު އެއްކަލަ ގޯނބުލި ފުޅި އާ ދޮން އާދަނު ކުރާނެ އިތުރު މަސައްކަތެއް ނުލިބެއެވެ. އޭރު އިބްރާހީމް ސަލީމް މަސް ފިނިކުރާ ކުންފުންޔެއްވެސް ނެތެވެ. ގަބޯ ޕެޓްރޯލް ކީސް ގެންގުޅެނީއެވެ. މިކަމާ މި ދެރުނޑި އަރާ ރުޅިން، ގަބޯ ޑިއުޓީ ގަޑީގައި ރުއް ކީހަނިއްޔޭ، އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔަނީއެވެ. ވިލްޑަން ކޮށްގެން ލިބޭ ލާރި ކޮޅު ގަބޯއަށް ނުދީ ދެގޮލާ ދިރުވާލަނީއެވެ. މިހެން ހަދަން ފެށުމުން ގަބޯ އެތަނުން ކެނޑުނީއެވެ

ދޮން އާދަނު ބުނާ ގޮތުން ގޯނބުލި ފުޅި ވަޒީފާއަށް ނަގަންވީ ފެށޭ މުސާރައަށް މަހަކު ސަތާރަ ސަތޭކަ ފަންސާސް ރުފިޔާ ދީފައެވެ. ނަމަވެސް ފެށޭ މުސާރައަކީ މަހަކު ފަނަރަސަތޭކަ ރުފިޔާއެވެ. މިކަމާ ޙަނީފު ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނުމުން، ހަނީފު ހައްދަން އޭނާ މައިދައިތަ ދަރި މުޙައްމަދު އެ މަޤާމަށް ނަގާށޭ މިއުޅެނީ ދޮން އާދަނު ބުންޏެވެ. މިހިރީ ހަމަ ގޯނބުލި ފުޅިއަށް ބޮޑު މުސާރަ ދީފަ ވަޒީފާއަށް ނަގަން ވެގެން ޖަހާ ހާމަޅިއެވެ. މިހާރުވެސް ވިލްޑަން ކޮށްގެން ލިބިފައިހުރި ލާރި ނުބަހާތާ ހަތަރުފަސް މަސް ވެދާނެއެވެ. ވިލްޑަން ކޮށްގެން ލިބޭ ލާރި ބަލަހައްޓަނީ ވަރަށް ފައްކާ ކޮންނެވެ. އެއްވެސް ފޮތެއްގައި ލިބޭ ފައިދާއެއް، ކުރާ ޚަރަދެއް ނޯޓެއް ނުކުރެއެވެ. އެ ލާރި ހުންނަނީ ނޭނގޭ ކޮންމެވެސް ތާކުއެވެ

މިހާރު ދޮން އާދަނު ޑިއުޓީ ގަޑީގައި ކުރާކަމަކީ އެއްކަލަ ރުނޑިކާޅަ (އިބްރާހީމް ސަލީމް) ށް މަސްކަނޑައި ދިނުމެވެ. މީ ފައްކާ ކަމެކެވެ. އިންޖީނުގޭގައި އުޅޭ އިބްރާހީމް ސަލީމާ ދެކޮޅު މީހަކަށް ޑިއުޓީ ގަޑީގައި އެހެން މަސައްކަތެއް ނުކުރެވެއެވެ. ރައްޔިތުންގެ އިންޖީނުގެއަށްވެސް ބޮޑު ކަތީބާ، އޭނާގެ ދަރި އިބްރާހީމް ސަލީމް ހަދަނީ އެ މީހުން ހަނދާނެއެއްޗެކެވެ. އެހެން ނޫންނަމަ މިހާރު އިންޖީނުގެއަށް މީހަކު ހޯދުމަށް އިޢުލާނުކޮށްފީހެވެ. ގޯނބުލި ފުޅި އިންޖީނުގެއަށް ހަމަޖައްސަން އެ އުޅެނީ، ޑިއުޓީ ގަޑިގައި މި ދެމީހުން ބައިތިއްބައިގެން އިބްރާހީމް ސަލީމްގެ މަސް ކަނޑާށެވެ. ރުޅި ނާންނާށެވެ. މީ ހަމަ ޙަޤީގަތެވެ. ކަން ހުރި ގޮތެވެ

1.8.07

ގއ. ގެ ސަރަހައްދީ އެއާޕޯޓާމެދު ގޮތެއް ނިންމާފައިނުވާތީ ނިލަންދުއާއި މާމެންދޫގެ ރަށު އޮފީސް ބަންދުކޮށްފި









ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރުކާރުން އަޅަން ނިންމި ސަރަހައްދީ އެއަރޕޯޓް ތަކުގެ ތެރެއިން ހަތަރު އެއަރޕޯޓެއް އެޅުމަށް ސޮއިކުރިއިރު ގއ.ގައި އެޅުމަށް ނިންމި އެއަރޕޯޓާމެދު ގޮތެއް ނިންމާފައިނުވާތީ ދެރަށެއްގެ ރަށު އޮފީސް ބަންދުކޮށް އެއްރަށަކުން އަތޮޅުވެރިޔާ ބޭރުކޮށްފި އެވެ

ރޭ 8 ގެ ޚަބަރުގައި ޓީވީމޯލްޑިވްސްއިން ހަތަރު ރަށުގެ އެއަރޕޯޓް އެޅުމަށް އެއްބަސް ވުމުގައި ސޮއިކުރިކަމަށް ގޮވުމުން, ގއ.ނިލަންދޫއާއި މާމެންދޫގެ އޮފިސް ބަންދުކޮށް އޮފީހާއި ކޯޓުން ކަރަންޓު ކަނޑާލާފައިވަނީ ރޭ 9 ޖެހިއިރު އެވެ. އެދެރަށުގެ ރައްޔިތުން ބުނީ އެގޮތަށް ރަށު އޮފީސް ބަންދުކުރަންޖެހުނީ ރޭ ޚަބަރުގައި ސަރަހައްދީ އެއަރޕޯޓް ތަކުގެ ތެރެއިން އަނެއް ހަތަރު ރަށުގެ އެއަރޕޯޓާއި ރިސޯޓު ހެދުމަށް ބަޔަކާއިއެކު ސޮއިކުރިއިރު ގއ.ދިގުރަށުގައި ހަދަން ނިންމި އެއަރޕޯޓާ މެދު ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ. ރަށު އޮފީސް ބަންދުކުރީ ސަރުކާރުން އޮޅުވާލައިގެން ދިގުރަށުގައި އަޅަން ނިންމި އެއަރޕޯޓް އެހެން ރަށަކަށް ބަދަލުކުރަންވެގެން އެ އެއަރޕޯޓް އެޅުން ފަސްކުރީމާކަމަށް މާމެންދޫ އޮފިސް ކައިރިއަށް އެއްވެފައިތިބި މީހުންގެ ތެރެއިން މީހަކު ޖަޒީރާއަށް ކިޔައިދިނެވެ. ” އަޅުގަނޑުމެން ރަށު އޮފީސް ހުޅުވާނީ ދިގުރަށުގައި އެއަރޕޯޓް އަޅަން ހަވާލުކުރާނެ ދުވަހެއް ސަރުކާރުން އަޅުގަނޑުމެންނަށް އެންގުމުން“ ނިލަންދޫ އޮފީސް ކައިރީގައި ހުރި މީހަކު ބުންޏެވެ

މާމެންދޫން ބުނީ އެރަށުގެ އޮފީސް ހުޅުވޭނީ ރައްޔިތުންނާއި ކަތީބުން ބައްދަލުކޮށް ރައްޔިތުން ހުށަހަޅާ ހުށަހެޅުންތައް ސަރުކާރުން ގަބޫލުކުރާނަމަ އެވެ. ” އަޅުގަނޑުމެން އޮފީސް ހުޅުވައި އޮފީހަށާއި ކޯޓަށް ކަރަންޓް ދޭނީ ބައްދަލުކުރުމުގައި އަޅުގަނޑުމެންގެ ހުށަހެޅުންތަކަށް ސަރުކާރުން އިޖާބެދޭނަމަ“ މާމެންދޫ މީހަކު ބުންޏެވެ. މާމެންދޫ ކަތީބު ވިދާޅުވީ އޮފީސް ބަންދުކުރިކަން ކަތީބަށް އެނގިވަޑައިގަތީ މިއަދު ހެދުނު އޮފީސް ހުޅުވަން ދިޔުމުން ކަމަށާއި އެވަގުތުން ފެށިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އޮފީސް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅުވެރިޔާ ރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އަތޮޅު ވެރިޔާ ރަށަށް ނޭރުމަށް އިލްތިމާސް ކުރުމުން އަތޮޅުވެރިޔާ ރަށުން އެނބުރި ވަޑައިގަތް ކަމަށް ކަތީބު ވިދާޅުވި އެވެ. ” އަޅުގަނޑު މިމައްސަލަ ނިންމުމަށް އަތޮޅުވެރިޔާއަށްވެސް ދެންނެވިން, އެކަމަކު ރަށުގެ ބަޔަކު ނުކުމެ ބުނީ އަތޮޅުވެރިޔާ ރަށަށް އެރުން އެހާ ރަނގަޅު ނޫން ކަމަށް. މިހާރު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނާ ބައްދަލުކުރެވޭތޯ“ މާމެންދޫ ކަތީބު އަހުމަދު މަނިކު ވިދާޅުވި އެވެ. ޓްރާސްޕޯޓާއި ބެހޭ މިނިސްޓްރީން ބުނީ ދިގުރަށުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓް އެއްބަސް ވުމުގައި ސޮއިކުރުން ލަސްކޮށްފައިވަނީ ވައިގެ ބަނދަރު ތަރައްގީ ކުރާނެ ރަށެއްގެ މައްސަލާގައި އަތޮޅުފެންވަރުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ ކަމަށެވެ. ގއ.ގައި ސަރަހައްދީ ވައިގެ ބަނދަރެއް ހެދުމަށް އެންމެ ފުރަތަމަ ސަރުކާރުން ހަމަޖެއްސެވީ ގއ.ދިޔަދޫގަ އެވެ. ނަމަވެސް އެއަތޮޅު ވިލިގިލީގެ އިސް ނެގުމުގެ މަތިން އެއަތޮޅުން ތައްޔާރުކުރި ޕެޓިޝަނަކުން ވައިގެ ބަނދަރު ބަދަލުކުރެވުނީ ވިލިގިލި ކައިރީގައިވާ ފަޅުރަށެއްކަމަށްވާ ދިގުރަށަށެވެ. އެއަށް ފަހު އަނެއްކާ ވިލިގިލިން މިހާރު މަސައްކަތް ކުރަމުންދަނީ ވިލިގިލީގައި އެއަރޕޯޓް އެޅުމަށެވެ. ނަމަވެސް އެކަމާއި ދެކޮޅަށް އެއަތޮޅުގެ އެހެން ރަށްރަށުން ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ

ޖަޒީރާ ނޫހުން ނަކަލު ކުރެވިފައި



ޚަބަރުތައް
ކުރީގެ ޚަބަރުތައް
ލިންކުތައް
ފޮޓޯ