މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ
އަހަރެމެން ކުޑައިރު ދިޔަވަރު ހިކޭ ވަޤުތު ހުރާ ގަނޑަށް ދިޔުމަކީ އޭރު ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަދި މިގޮތަށް ހުރާ ގަނޑަށް ގޮސް އުޅޭ އިރު ކޯރުތަކުގައި ބެދިފައި ތިބޭ މަސް ހިފުމަކީ ވަރަށް މަޖާ ކަމެކެވެ. އޭރު އެންމެ ގިނައިން މަސް ބެދިފައި ތިބެނީ ބޮނބިތަޅާ މަގާ ދިމާލުގައެވެ. އެންމެ ދިނައިން ބެދިފައި ތިބޭނީ ލޯވާ ލަނޑައެވެ. ބަލާލަން ވަރަށް ރީތި މަސްމީރު ލަނޑައެކެވެ. މިގޮތަށް ލަނޑާ ހިފަން އުޅެނިކޮށް އެއްދުވަހަކު ލިބުން ލަނޑެއް މިހާރުވެސް ހަނދާން އެބަހުއްޓެވެ. މިހާރު މިކިޔައިދެނީ އެ ވާހަކަ އެވެ
މި ގޮތަށް އެއްދުވަހަކު ލަނޑާ ހިފަން އުޅެނިކޮށް ވަރަށް ބޮޑު ލޯވާ ލަނޑައެއް ވަރަށް ބާރަށް ދުވެފަ އަހަރެން ކައިރިން ލާފަ ދަނިކޮށް ފެނުނެވެ. ބަލާކަށް ނުހުރެ އަހަރެން އެ ލަނޑާގެ ނަގުލުގައި ހިފައިފީމެވެ. ނަމަވެސް ވަރަށް ދެރައެވެ. ލަނޑާ ތެޅިގެންފައި އަހަރެންގެ އަތް ހަލާކު ކޮށްލާފަ ދިޔައީއެވެ. ދުވާ މަހެއްގެ ނިގުލުގައި ނުހިފާށޭ މުސްކުޅިވެރިން ބުނަނީ އެހެންވެތާއެވެ. އޭރު އަހަރެން ކުޑަވީމަ އެކަން ނޭނގުނީއެވެ. ނަމަވެސް ބުނެވުނު ހާދިސާއިން އެއީ ހަމަ ތެދެއްކަން މިހާރު އަހަންނަށް ވެސް އެނގެއެވެ
ހޮޓްމާއުނދަގޫ ބްލޮގް ހެދީން ސުރެ އެބުލޮގު ކުރިޔަށް ދިޔައީ ވަރަށް ބާރު ސްޕީޑުގައެވެ. ހަމަ އެފަދައިން މާއުނގޫދޫ ނޫސް (މި ބްލޮގް) ކުރިޔަށް ދިޔައީ ވެސް ވަރަށް ހަލުވި ކަމާ އެކީގައެވެ. މީ ޙަޤީޤަތެވެ. ޤަބޫލު ކުރިޔަސް ނުކުރިޔަސް ހެވެ. އެކަމަކު އިބުރާހިމް ސަލީމަށް އެކަން ނޭނގުނީ ތާއެވެ. އޭނާ ގަސްތުކުރީ މި ބުލޮގުތަކާ ބެހޭށެވެ. އޭރުވެސް އަހަރެމެން ބުނަމުން އައީ މުސްކުޅިން ބުނާ ބަހެކެވެ. ދުވާ މަހެއްގެ ނުގުލުގައި ހިފަން ނޫޅޭށެވެ
ތަފާތު އެތައް ޚަބަރުތަކާއިއެކު ވަރަށް ފުރިހަމަ ބުލޮގެއް ފެނިގެންދޭނެ ކަމަށްބުނެ ތިމާއަމިއްލައަށް އެބުލޮގު ހުޅުވުމުގެ ފަހުރު ލިބިގަތްއިރު މި ކުރެވޭ ކަމަކީ ތިމާގެ އަމިއްލަ އަތުން ތިމާލޮލަށް ހަރަން އިލޮށި ތޫނު ކުރެވެނީ ކަމެއް ތިމާއަށް ނޭންގުނެވެ. މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނޭ ކިޔާ އަޑު ނާހަނީ ހެއްޔެވެ.؟ އެކަން އޭރުވެސް ކަލެޔަށް އިނގޭނެއެވެ. އެކަމަކު ގޮތްދޫނުކޮށް ތެޅިއެރުވީތާއެވެ. ވީ ކަމެއް އެބައޮތް ހެއްޔެވެ.؟ ކަލޭ ބުނި ތަފާތު ޚަބަރުތައް ގެނެސްދެވުނު ހެއްޔެވެ.؟ މިހާރު އެ ބުލޮގު ގަނޑު އެއްގޮތަކަށްވެސް އަޕްޑޭޓް ވަނީކީ ނޫނެވެ. ސަލީމާގެ ކަންތަކާ މާ ބިޒީވީމަ އެވަރު ކޮށްލާނެ ވަގުތުވެސް ނުވަނީ ހެއްޔެވެ.؟ ކަލޭގެ ބުލޮގު އަޕްޑޭޓްނުވާތީ ވަރަށް ސަކަރާތެވެ. އެކަމާ އަހަރެމެން މިތިބަ ފޫހިވެގެން ހަލާކިވަނީއެވެ. ނިކަން އަދިވެސް ހިތްވަރެއް ކޮށްލާފަ އަހަރެމެންނާ ޗެލެންޖް ކޮށްލަން އާ ފެށުމަކުން ފަށަންވީ ނޫން ހެއްޔެވެ.؟ ކަލޭ ބޭނުމިއްޔާ އެއްވެސް އަގަކާނުލާ އަހަރެންވެސް ތި ބުލޮގަށް ލިޔެދީފާނަމެވެ. އަލުން ފެށުމުގެ ޝަރަފާއައި ފަޚުރުވެސް ހަމަ ކަލެއަށެވެ. އެއް އަތްހޫރިޔަކަސް އަޑެއް ނުކިޔާނެއް ނޫން ހެއްޔެވެ.؟
ސުވާލެއް ކޮއްލަން ހެއްޔެވެ؟ ކަލޭ ޝަކީބާ ދެކޮޅަށް ހެދި ޕެޓިޝަން މިހާރު ކޮބައިހެއްޔެވެ؟ ކަލޭ ބުލޮގުގަ މާ ވަރު އަރުވާލާފަ ޝަކީބު ވަޒީފާއިން ވަކުކުރާން ޕެޓިޝަން ހެދި ވާހަކަ ލިޔުނީމެއް ނޫން ހެއްޔެވެ؟ ކަލޭ ހަދާ ޕެޓިޝަންގެ ވަރު ހުންނާނޭ ، ހުރިހާ މިނިސްޓަރުންވެސް ކަލޭ ބުނާ ގޮތަށް ހަދާނޭ ކިޔައިގެން ފެލުނު ހަނދާނެއް އެބަވެއެވެ. އެޔަށް ވި ގޮތް ބުނެބަލާށެވެ. އެ ގެންދިޔައީ ކޮން މިނިސްޓްރީ އަކަށް ހެއްޔެވެ؟ ކަލޭ އަހަރެން ކައިރީ ބުނެލައިގެން އުޅުނުނަމަ އަހަރެންވެސް އެހީ ވީމުހެވެ. ކަލޭ އެ ޕެޓިޝަން
ގެންގޮސްދިނީ ކަލޭ އަމާ އަތަށްދޯއެވެ.؟ ކަލޭ އަމާ އެއީ ޝަކީބަށް ވަޒީފާ ދިންމީހާ ހެއްޔެވެ؟ ކަލެޔާ ކަލޭ ބަފަޔަށާއި ޝަކީބަށްވެސް ވަޒީފާދިނީ މަށެވެ. ވީމާ އެ ޕެޓިޝަންވެސް ކަލޭ އަމަޔާ ޙަވާލިނުކޮށް މަށާ ހަވާލުކުރި ނަމަ ކިހާ ރަނގަޅުވީހެވެ؟ އެ ޕެޓިޝަން ރުކަށް އެރިމީހާ ނަދުރަށް ވީދޯއެވެ
މި ބުލޮގުތަކުގަ ޙަޤީޤަތް ހާމަ ކުރަން ފެށުމުން ކަލެޔަށް ކެތްނުވެގެން މަންމައާ، ބައްޕައާއި ޢާއިލާގެ ދިފާޢުގައި މާއުގު ކިޔާ ބުލޮގެއް ހަދައިގެން ވީ ކަމެއް އެބައޮތް ހެއްޔެވެ؟ މާއުގު އިން އެއްވެސް މާނައެއް ދޭހަ ނުވާއިރު އެ ބުލޮގުން އެއްވެސް ކަމެއް ކަލެޔަށް ޙާޞިލް
ނުވިދޯއެވެ.؟ ކަލޭ ކީ ނަމަށް ވިސްނާލާއިރުވެސް ކަލޭގެ ފެންވަރު އެބަ އިނގެއެވެ. ތި ބުލޮގަށް ކިޔާނެ ނަމެއް ހޯދަން މަށަށް ގުޅިނަމަ ވާނީ ކީއްހެއްޔެވެ.؟ މަގޭ ނަމްބަރު ގައިމު ކަލެޔަށް އިނގޭނެއެވެ. ތިހާ ފެންވަރު ރަނގަޅު މީހަކު މާއުގު ކީ ކީކޭ ހިތާ ހެއްޔެވެ.؟ އެއީ ރަށު އޮފީސް އީ މެއިލް އެޑްރެސް އެހެން އިންނާތީ ހެއްޔެވެ.؟ ކަލޭ ހިތުން ރަށު އޮފީސް އީ މެއިލް އެއީ ވެސް ކަލޭ އަމިއްލަ އެއްޗެކެވެ. އެއަށް ނިސްބަތްވާ ގޮތަށް ބުލޮގު ހަދައިގެން ރަށު އޮފީހާއި ރަށުގެ ވެރިމީހާގެ އަގު ވައްޓާލި އިރު ތިމާގެ ޙަޔާތް ކޮބައި ހެއްޔެވެ.؟ ކަތީބުގެ ދަރިޔަކަށްވެ ހުރެ މީހުން ލައްވާ ތިމާގެ ބައްޕައާ ދިމާލަށް ހުތުރު އެއްޗެހި ކިޔުއްވާ އެވަރުން ނުވެގެން ތިމާ އަމިއްލަޔަށް މާއުގު ބުލޮގުގައި ލިޔެ ބަފަޔަށް ހަޔާތްގޮވާލަދޭށޭ . އަމަޔާވެސް ބެހިލާށޭ ކިޔައިގެން އާދޭސް ކޮށް އެވަރުން ނުވެގެން ތިމާ އަމިއްލަޔަށް ތި ޢާއިލާއާ ބެހޡޭގޮތުން ލިޔެފަ ހުރި ކޮމެންޓުތައް ޕަބްލިޝް ކުރީ ހަމަ ތިމާ އަތުން ނޫން ހެއްޔެވެ.؟ ވީ މާ ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދުނުވާނޭ ބުނަނީ ހަމަ ތެދެކެވެ. ޢާއިލާގެ ދިފާޢުގައި ޢާއިލާގެ އަގު ހިފަހައްޓަން ހެދި ބުލޮގެއް ކަމަށް ލިޔުނީވެސް ހަމަ ތިމާ އަމިއްލައަށެވެ. މަށެއް ހަމަ ގައިމުވެސް ތި ބުލޮގަކަށް ލިޔެފައެއް ނޯންނާނެއެވެ. ލިޔުނު އެއްޗެއް ލިޔުނީ ތިމާ އަމިއްލައަށެވެ. މަވާ ގައިގާ ދުރެވެ
(ނުނިމޭ)
