މާއުނދަގޫ ސައިޓް ހަދައިގެން މާ ބޮޑަށް ވެސް އުނދަގޫ ވާގޮތް ވަނީ
މިހާރު ކަލޭ ރުޅިއައިސްގެން ތި އުޅޭ ކަންތައް މަށަށް އެނގިއްޖެއެވެ. މައްސަލައަކީ ތިޔަ ބުނާ ސައިޓުގައި އޮތް ބޮނޑިބަތް ޚަބަރު ދޯ އެވެ.؟ އެއީ ވެސް ތެދެއް ނޫން ހެއްޔެވެ. އޮޑި ވެރިންގެ ޚަރަދުގައި އެމީހުންގެ އަނބިން އެމީހުންގެ ގޭގެ ބަދިގޭގައި ކެއްކި ބޮނޑީބަތާއި ހަނާކުރި މަހެވެ. އެކަމަކު ފަހު ވަޤުތު ލިސްޓަށް ކީ އިރު އޭގައި ޖަހާފައި އޮތީ ޗާންދަނީގެ އެވެ. ކިހާ ރީތި ހެއްޔެވެ.؟ ކިހާ އިންސާފުވެރި ހެއްޔެވެ.؟ އެންމެ ބައި ރުފިޔާ އެއްވެސް ޚަރަދު ނުކޮށް ހުރިހާ ރީތިނަމެއް ތިމާމެންނަށް ލިބުނީއެވެ. މީހަމަ މިކަމުގަ ނޫނަސް ހުރިހާ ކަމެއްގައިވެސް ކަލޭމެން ކަންތައް ކުރާ ގޮތެވެ. އޮޅުވާލުމާއި މަކަރު ހެދުމާއި ހީލަތް ހެދުމަކީ ތިބޭފުޅުންނަށް ލިބޭ އުފަލެއްކަން ރައްޔިތުންނަށް ނޭންގެނީކީ ނޫނެވެ. އަދި އެކަން ކަލޭ ކުރީ އޮޅުމަކުން ނޫންކަންވެސް އިނގެއެވެ. އެއީ ކަލޭ ޤަސްތުގައި ކުރިކަމެކެވެ. އެންމެ ރަނގަޅެވެ. އައި ރުޅީގައި ކަލޭވެސް ބޭނުންވީ ވެބްސައިޓެއް ހަދާށެވެ. އެކަންތަކުގައިވެސް ތި އޮތީ އަމިއްލަ ސައިޓް އިފްތިތާޙް ކޮއްދިނުމުގެ ފަޚުރާ ޝަރަފުވެސް އަމިއްލަޔަށް ލިބިގެންފައެވެ، އަމިއްލަ އެދުން ބޮޑުވާނީ ތިހާކަށް ވަރަކަށެވެ. ދެން އަމިއްލަޔަށް ހިތަށް އެރިހާ އެއްޗެއް ލިޔެބާލާށެވެ. ކޮމެންޓްތައް ވެސް ޖަހާނެކަމެއް ނެތެވެ. އަނެއްކާ ލަދުން ލޯހުވާލަން ކެރޭވަރުގެ ކޮމެންޓެއް މީހަކު ނުކުރަނީ ހެއްޔެވެ؟
އެހެން ބަޔަކު ސައިޓެއް ހެދީމަ އެ ބަޔަކު ހަދާފަ ހުރި އެއްޗެއް ބަލައި ހޯދައިގެން ބްލޮގްސްޕޮޓާއި އެއްޗިއްސަށް ހުތުރު އަރުވަން ނޫޅޭށެވެ. ތި ސައިޓުގައި ހުރި ފޮޓޯ ތަކާ އެއްޗިހި ބަލާލުމުން ކަލޭގެ އަލިއްލަ އެދުން ހާމަ ވެގެން ދެއެވެ. އަދި ތި ސައިޓް ހަދާފަ ވަނީ ކަލޭގެ ޢާއިލާގެ ރައްކަލަކަށް ހެންވެސް ހާދަ ހީވެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ވެބް ސައިޓް ހެދިޔަސް ވަގުސައިޓް ހެދިޔަސް ދެން ކަލޭމެންގެ އަގެއް ނާރާނެއެވެ. ވަގު ސައިޓޭ ބުނީ މަ ރުޅިއަންނާނީ އަނެއްކާ މަގޭ ދެކެއެއް ނޫނެވެ. އެސައިޓް އަޕްޑޭޓް ކޮއްހަދަނީ ވަގައްކަން މަށަށް ވުރެ ބޮޑަށް އިނގޭނީ ކަލެޔަށެވެ. ރޭގަނޑު އޮފީސް ހުޅުވައިގެން އެގާރަ ބާރަ ޖަހަންދެން އެތާ ވެޑުވިފަ ތި އިންނަނީ އެތާ އެހެރީ ކަލޭ އަމާގެ ތަރިކަ މުދާ ހެއްޔެވެ؟ އަހަރެމެން ރައްޔިތުން ގެ މުދާ ކަލޭ ނުހަމަ ގޮތުގައި ބޭނުންކުރަނިއްޔޭ ބުންޏަސް ކަލޭ ރުޅިއަންނާނީ އަހަރެން ދެކެވިއްޔާއެވެ. އެއްފަހަރުވެސް އެއީ ހަޤީޤަތް ކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވާނެ ވިއްޔާއެވެ.ޤާނޫނު އަސާސީގެ ނަވާޥީސް ދުވަހަކުވެސް ބަލައިލީން ހެއްޔެވެ؟ "ދިވެހި ދައުލަތަށް އިހުލާޞްތެރި ވުމާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނަށް ކިޔަމަންތެރިވުމަކީ ކޮންމެ ތަނެއްގައި ވިނަމަވެސް ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ." ކަލޭ އަމިއްލަޔަށް ހުޅުވައިގެން ޝަރަފާއި ފަޚުރު ލިބިގަނެގެން ތިޔަ އުޅޭ ސައިޓު އަލިއްޔަށް އަޕްޑޭޓް ކުރާއިރު އަމިއްލަޔަށް އިޝްތިހާރު ނުކުރެވިގެން ތިޔަ އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ.؟ ސައިޓް ތަކުގަ ލިންކު ޖަހައި ދިނުމަށް އާދޭސް ކުރުމުންވެސް ޖަހައިނުދިން ވާހަކަ އަޑު އެހީމެވެ. އެއީ ތެދެއް ހެއްޔެވެ؟ މި ސައިޓްގައި ލިންކް ޖަހައި ދެވިދާނެއެވެ. ތިރިތިރިން އަންނާށެވެ. ޤަބޫލުކުރާ މަތިން ރަނގަޅުވާހަކައެއް ބުނަން ހެއްޔެވެ؟ ތިފާޑުގެ ރައްޔިތުންގެ ޚިޔާނާތްތެރިންގެ ދިފާޢުގަ ހަދާފައި ހުންނަ ސައިޓްތަކަށް ވަންނަ މީހުން ކަލޭ ހީވެސް ނުކުރާހާ މަދެވެ. އެކަން މިހާރު ކަލޔަށްވެސް އިނގޭނެ ދޯއެވެ؟
ކަލެޔަށް ހީވީ ކަލެޔަށް މަޑުން ނުހުރެވިގެން ވެބްސައިޓެއް ހެދީމަ އަހަރެމެން ރާޑިވެގެން މިކަން ހުއްޓާލާނެކަމަށް ހެއްޔެވެ؟ ހަމަ ހިލާ އެކަން އެހެން ނުވާނެއެވެ. ކަލެގެ ތި ވަގު ސައިޓުގެ ސަބަބުން އިތުރު ހިއްވަރެއް ލިބިއްޖެކަން މިހާރު ކަލެޔަށްވެސް އިނގޭނެއެވެ. އަދި ތި ހެދި ސައިޓުގެ ސަބަބުން ކަލޭގެ ބަފާގެ ވެރިކަން އިތުރަށް ދެމެހެއްޓޭނެ ކަމަށް ހީކުރިޔަސް އެއީ ވެސް ކުށް ހީ އެކެވެ. އޭގެ އިތުރުން ތި ވަގު ސައިޓުގެ ސަބަބުން ކަލޭމެން އިތުރަށް ބޭޒާރުވެ ފަޟީޙަތް ވުން ނޫން ކަމެއް ވާނެ ހެންނެއް މަށަކަށް ހިޔެއްނުވެއެވެ. ކަލޭ ހެދި ސައިޓާ އެކީ އިތުރު ތިން ސައިޓް ހުޅުވުމުގެ ޝަރަފު އެހެން ބަޔަކު ހޯދައިފިއެވެ. އެ ސައިޓައް އެދަނީ ދުވަހުން ދުވަހަށް އަޕްޑޭޓް ވަވުންނެވެ. ކަލެޔަށް އަދި ތިއުޅެނީ ލިޔެލާނެ އެއްޗެއް ވެސް ނުލިބުން ދޯ އެވެ. ސައިޓް ގައި ޖަހާލަން ވަރަށް ރަނގަޅު ކޮމެންޓް މީހުން ފޮނުވާފައި ހުންނާނެހެން ހީ ވެއެވެ. އެއްޗެއް ލިބެންދެން އެ އެއްޗެހި ޖަހާލާށެވެ.
މަކަރުވެރިންގެ މިރަށާއި ޤައުމު ސަލާމަތް ކުރައްވާންދޭވެ! އާމީން
މާއުނދަގޫ ސައިޓް ހަދައިގެން މާ ބޮޑަށް ވެސް އުނދަގޫ ވާގޮތް ވަނީ ދޯ
